ކ. މާލެ
|
23 ފެބްރުއަރީ 2022 | ބުދަ 22:15
ނ ވެލިދޫ ސިއްހީ މަރުކަޒު
ނ ވެލިދޫ ސިއްހީ މަރުކަޒު
ވެލިދޫ ހެލްތް ސެންޓަރުގެ ފޭސްބުކް ޕޭޖް
ރަށްތަކުގައި ތަރައްގީކުރާ ސިއްހީ މަރުތަކަޒު ތައް
15 ރަށެއްގައި ސިއްހީ މަރުކަޒު އެޅުމުގެ މަސައްކަތް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފެށޭނެ: މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ ރަށްރަށުގެ ހެލްތު ސެންޓަރުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށް

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިއަހަރުގެ ދެވަނަ ކުއާޓަރު ގައި 15 ރަށެއްގެ ސިއްހީ މަރުކަޒް އިމާރާތްކުރުމަށް ފެށޭނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުލު ދައްކަވަމުން މިނިސްޓަރ ވަނީ މިއަހަރު މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ސިއްހީ މަރުކަޒުތަކުގެ ލިސްޓް ވިދާޅުވެދެއްވާފަ އެވެ. އެގޮތުން ހއ އަތޮޅުގެ އެއް ރަށާއި ހދ އަތޮޅުގެ އެއް ރަށާއި ށ އަތޮޅުގެ ދެ ރަށް، ނ އަތޮޅުގެ ތިން ރަށާއި ރ އަތޮޅުގެ އެއް ރަށާއި ކ އަތޮޅުގެ ދެ ރަށާއި، އއ އަތޮޅުގެ ދެ ރަށާއި އދ އަތޮޅުގެ އެއް ރަށާއި މ އަތޮޅުގެ އެއް ރަށާއި ފ އަތޮޅުގެ އެއް ރަށުގައި ސިއްހީ މަރުކަޒު އެޅުމުގެ މަސައްކަތް ފައްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު މަސައްކަތް ފެށޭ ސިއްހީ މަރުކަޒުތަކަކީ:

  1. ހއ. ކެލާ ސިއްހީ މަރުކަޒު
  2. ހދ. މަކުނުދޫ ސިއްހީ މަރުކަޒު
  3. ށ. ކަނޑތީމު ސިއްހީ މަރުކަޒު
  4. ށ. ގޮއިދޫ ސިއްހީ މަރުކަޒު
  5. ނ. މާއުނގޫދޫ ސިއްހީ މަރުކަޒު
  6. ނ. މާފަރު ސިއްހީ މަރުކަޒު
  7. ނ.ކުޑަފަރީ ސިއްހީ މަރުކަޒު
  8. ރ. އިނގުރައިދޫ ސިއްހީ މަރުކަޒު
  9. ކ. ގުރައިދޫ ސިއްހީ މަރުކަޒު
  10. ކ. ގާފަރު ސިއްހީ މަރުކަޒު
  11. އއ. ތޮއްޑޫ ސިއްހީ މަރުކަޒު
  12. އއ. އުކުޅަސް ސިއްހީ މަރުކަޒު
  13. އދ. އޮމަދޫ ސިއްހީ މަރުކަޒު
  14. މ. ނާލާފުށި ސިއްހީ މަރުކަޒު
  15. ފ. ފީއަލި ސިއްހީ މަރުކަޒު

މިނިސްޓަރ ވިދާޅުވީ ރަށްރަށުގެ ހެލްތު ސެންޓަރުގެ ހާލަތު ހުރީ ވަރަށް ދަށްކޮން ކަމަށާއި އެހެންކަމުން ތަންތަން މަރާތުކުރުމުގެ ބަދަލުގައި އައު ތަންތަން އަޅަނީކަމަށެވެ. 2022 ވަނަ އަހަރަށް ފާސްކޮށްފައިވާ ޕީއެސްއައިޕީ ބަޖެޓްގައި ހެލްތު މިނިސްޓްރީއަށް ކަނޑައަޅާފައިވަނީ 421.9 މިލިއަން ރުފިޔާއެވެ. މީގެތެރެއިން 156.5 މިލިއަން ރުފިޔާ އަކީ ލޯނެވެ. ޑޮމެސްޓިކް ބައިގެ ގޮތުގައި ހިމެނިފައިވަނީ 265.6 މިލިއަން ރުފިޔާއެވެ.

- ކޮމެންޓް