ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 18:41
އައިފޯނު 8 މެދުގައި
އައިފޯނު 8 މެދުގައި
ގޫގުލް
އައިފޯނު 8
އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު
އައިފޯނުގެ އައު ޕްރޮޑަކްޓާއި ގުޅޭ ކޮންފަރެންސް ޖޫން 5، 2017
އައިފޯނު 8 ނެރޭނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރ ގައި
މިއީ ހުރިހާ ގޮތަކުން ވަރަށް ތަފާތު ފީޗާސްތައް އެކުލެވިގެންވާ ފޯނެއް

ދުނިޔޭގެ ބާޒާރުގައި އެންމެ ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައި އަދި ކަސްޓަރަމަރުން އެންމެ އިންތިޒާރުކުރާ އައިފޯން ސީރީސްގެ އެންމެ ފަހުގެ އުފެއްދުން ބާޒާރަށް ނެރެން ދަނީ ތައްޔާރުވަމުންނެއެވެ.

 

ރިޕޯޓްތައް ބުނާ ގޮތުން ސެޕްޓެމްބަރ މަހުގެ ތެރޭގައި ބާޒާރަށް ނެރޭ މިފޯނުގެ ތަފާތު ވާހަކަ މިހާރުވެސް ދަނީ ދެކެވެމުންނެއެވެ. އައިފޯން އާއި ވާދަކުރާ ފަރާތްތަކުން އަބަދުވެސް ބަލަމުންދާއެއް ކަމަކީ އައިފޯނުގައި ހިމަނާފައިވާ ފީރޗާސްތަކަކީ ކޮބައިތޯ އެވެ.  އެހެންކަމުން ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ އައިފޯނުގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އައިފޯން 8ގެ ފީޗާސްތަކަށް ބަލާލާނަމެވެ.

 

އައިޕޯން އަށެއް މިއީ ވަރަށް ހާއްސަ ފޯނަކަށް ވަނީ ވެފައެވެ. އެގޮތުން އައިފޯން ބާޒާރަށް ނެރެން ފެށި ފަހުން އައިފޯން 8 ވެގެންދާނީ އައިފޯން ރޭންޖުގެ ދިހަ ވަނަ ފޯނަށެވެ. މިއީ ސެމްސަންގ އިން ނެރެފައިވާ ގެލެކްސީ ނޯޓް 8 އާއި ވާދަކޮށްލެވޭ އަދި ފީޗާސްގެ ގޮތުން މާމޮޅު ފޯނަކަށް ވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

އައިފޯނުގެ އުފެއްދުންތަކާއި ގުޅޭގޮތުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ ފެންވަރުގައި ބާއްވާ ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 5، 2017 ގައެވެ.

 

އައިއޯއެސް 11 އާއި އެކު ބާޒާރަށް ނެރޭ މިފޯނުގައި ވަޔަރލެސްކޮށް ޗާރޖް ކުރެވުމާއި، ވަރޗުއަލް ރިއަލިޓީ ފީރޗަސްއާއި ފިންގަރ ޕްރިންޓް ސެންސަރ ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

 

އެޕަލްއިން ދެން އެންމެ އަވަހަށް ބާޒާރަށް ނެރޭނެ ފޯނަކީ އައިފޯން 8 ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް މިފޯންގެ ނަމުގެ ގޮތުގައި ތަފާތު އެތައް ނަމެއް ކިޔާފާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އައިފޯން 10، އައިފޯން އެކްސް، އައިފޯން އެޑިޝަން، ނުވަތަ އައިފޯން ޕްރޯއެވެ. އެހެންނަމަވެސް އައިފޯން 8 އެއީ، އަލަށް ނެރޭ ފޯނަށް ކިޔާނެ އެންމެ އެކަށީގެންވާ ނަން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އައިފޯން 8ގެ ސްކްރީން، އައިފޯން 7 ޕްލަސްއަށް ވުރެ ސްކްރީންއަށް ވުރެ ބޮޑުވާނެ އެވެ. ޑުއަލް ކެމެރާ ހުންނާނީ ފުރަގަހުން ވާރޓިކަލްކޮށް ކަމަށްވާއިރު، މިއީ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުން ދައްކުވައިދޭ ކަމެއް ކަމަށް އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވިއެވެ.

 

ފިޒިކަލް ހޯމް ބަޓަންއާއެކު ފަރުމާކޮށްފައިވާ މިފޯނުގެ އޯލެޑް ސްކްރީން ހުންނަ ކަމަށާއި އެޗްޑީ ފީޗާސްވެސް ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން މިއީ ހުރިހާ ގޮތަކުން ވަރަށް ތަފާތު ފީޗާސްތައް އެކުލެވިގެންވާ ފޯނެއް ކަމަށް ވަނީ ބެލެވެން ފަށާފައެވެ.

 

އައިފޯން 8 ގައި 5.8 އިންޗީގެ ސްކީންއެއް ހިމަނާފައިވާއިރު، އައިފޯން 8 އާއި އެކު އިތުރު ދެ މޮޑިއުލްއެއް ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ. އެޕަލްގެ ތާރީހުގައިވެސް މިހާތަނަށް ކޮންމެ އައު އުފެއްދުމަކާއި އެކު އިތުރު މޮޑިއުލްތައް ނެރެމުންދާކަން ފާހަގަކުރެވެއެވެ. ގިނަ ރިޕޯޓްތައް ބުނާގޮތުން އައިފޯން 8އާއި އެކު އައިފޯން 7އެސްގެ އިތުރު ދެ މޮޑިއުލްއެއް ނެރޭނެ ކަމަށް ވަނީ ބެލެވިފައެވެ.

 

އެޕަލްގެ ތާރީހުގައިވެސް އައިފޯން 8 ވެގެންދާނީ އެކުންފުނީގެ އެންމެ އަގުބޮޑު ފޯނަށެވެ.

- ކޮމެންޓް