Advertisement
ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 18:39
މާލޭ ސިޓީ ގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް
މާލޭ ސިޓީ ގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް
ރާއްޖެއެމްވީ
މާލޭ ސިޓީ ކައުންސިލް
ދަރުބާރުގެއަކީ ރައްޔިތުންގެ ތަނެއް، ހަމަހަމަ އުސޫލު އޮންނަން ޖެހޭ:ޝަމާއު
ސިޓީ ކައުންސިލުން ހުވާކުރުމަށް ދަރުބާރުގެ ނުލިބުމުން ހުވާކޮށްފައިވަނީ ޣިޔާސުއްދީން ސްކޫލުގައި
ނަމަވެސް، އެތަން ޕީޕީއެމްގެ ތަރާވީހަކަށް ދޫކުރި
ޕީޕީއެމް އަށް ހިލޭ ވެސް ދަރުބާރުގެ ދޭ ކަމަށް ޝަމާއު ތުހްމަތުކުރި

މާލޭ ސިޓީގެ ކައުންސިލަރުން ހުވާކުރެއްވުމުގެ ދަރުބާރު ބޭއްވުމަށް ދަރުބާރުގެ ދޫނުކޮށް، ޕީޕީއެމްގެ ހަރަކާތަކަށް ދަރުބާރުގެ ދޫކޮށްފި އެވެ. 

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލްގެ މެމްބަރުންގެ ހުވާކުރެއްވުމަށް ދަރުބާރުގެ ނުދީ، ތަރާވީސް ބާއްވާފައިވަނީ  މާލޭގެ ރައްޔިތުންނަށްވުރެ ޕީޕީއެމް، މި ސަރުކާރަށް މުހިއްމުވާތީ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލަށް ހައުސިން މިނިސްޓްރީން ފުރަތަމަ ދޭން ނިންމީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމެވެ.  އެހެން ނަމަވެސް ފަހުން އެންގީ ހުވާކުރުމަށް ލިބޭނީ ފާށަނާ މާލަން ކަމަށެވެ. އެ ހޯލަށް ފައިސާ ދައްކަން ޖެހޭނީ ނަގުދު ފައިސާއިން ކަމަށް އެންގި ކަމަށާއި ނަމަވެސް ފަހުން އެ މަލާން ވެސް ހަމަޖައްސައިދެވެން ނެތް ކަމަށްކުއްލިއަކަށް އެންގި ކަމަށް ޝަމާއު ވިދާޅުވި އެވެ.

އެހެންވެ މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންގެ ހުވާކުރުމުގެ ދަރުބާރު ބޭއްވީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގަ އެވެ. 

މާލޭގައި ދިރިއުޅޭ ހއ. އަދި ހދ އަތޮޅުގެ ރައްޔިތުންނަށް ބޭއްވި ތަރާވީހުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 

ޝަމާއު ވިދާޅުވީ ޕީޕީއެމްގެ ކަންތައްތަކުގައި ދަރުބާރުގެ ދިނުމުން ދައުލަތަށް ވަންނަން ޖެހޭ ފައިސާއެއް ދަރުބާރުގެއަކަށް މިހާރު ނުވަންނާނެކަމަށާއި މި ދަނޑިވަޅުގައި އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން އެ މައްސަލަ ބެލުން މުހިއްމު ކަމަށެވެ. އަދި މިނިވަން އޮޑިޓެއް ހިންގައިފިނަމަ ކުރިއަށް އޮތް އޮޑިޓް ރިޕޯޓުގައި ދަރުބާރުގެ ހިލޭ ޕީޕީއެމްގެ މީހުންނަށް ދޭ ވާހަކަ އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ކަރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި ސަރުކާރުން ހިންގާ ކަރަޕްޝަންތައް ހުއްޓުވުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށައަޅުއްވާނެކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް