ކ. މާލެ
|
21 ފެބްރުއަރީ 2022 | ހޯމަ 15:05
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ރާއްޖެ އެމްވީ
ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވުން
އުމުރުން 80 އަހަރުގެ މީހަކު ކޮވިޑް ބަލީގައި ނިޔާވެއްޖެ
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކުރި މީހަކު ރޭ މެންދަމު 12:15 ގައި ވަނީ ނިޔާވެފައި

އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑް-19 ބަލީގައި ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކުރި މީހަކު ރޭ މެންދަމު 12:15 ގައި ނިޔާވެފައިވާކަމަށެވެ. މިއީ ރާއްޖޭގައި މިބަލީގައި ނިޔާވި 292 ވަނަ މީހާއެވެ.

ހިނގަމުންދާ މިފެބްރުއަރީ މަހުގައި މިހާތަނަށް 15 މީހަކު ވަނީ ނިޔާވެފައެވެ.

- ކޮމެންޓް