ކ. މާލެ
|
21 ފެބްރުއަރީ 2022 | ހޯމަ 01:08
ކޮވިޑަށް ޓެސްޓުކުރުން، ހެންވޭރު ދަނޑުގައި
ކޮވިޑަށް ޓެސްޓުކުރުން، ހެންވޭރު ދަނޑުގައި
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އަތޮޅުތެރެއިން އިތުރު 670 މީހަކު ޕޮޒިޓިވްވެއްޖެ
މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 104 މީހުން
އަތޮޅުތަކުން 670 މީހުން ޕޮޒިޓިވްވެފައިވާއިރު ހިނގަމުންދާ ރިސޯޓްތަކުން 38 މީހުން ޕޮޒިޓިވްވެފައިވޭ

އިތުރު 648 މީހަކު ރާއްޖޭގެ އެކި އަތޮޅުތަކުން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު 3،996 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ. މީގެތެރެއިން މާލެ ސަރަހައްދުން ޓެސްޓްކޮށްފައިވަނީ 1،018 ސާމްޕަލެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 104 މީހުންނެވެ. މިއާއެކު މާލޭގެ ސާމްޕަލް ޕޮޒިޓިވްޓީ ރޭޓް މިހާރު ހުރީ 13 އިންސައްތައިގައެވެ.

ފާއިތުވި 24 ގަޑިއިރު އަތޮޅުތަކުން 670 މީހުން ޕޮޒިޓިވްވެފައިވާއިރު ހިނގަމުންދާ ރިސޯޓްތަކުން 38 މީހުން ޕޮޒިޓިވްވެފައިވެއެވެ. 32 ކޭސް ޕޮޒިޓިްވިވީ ކޮންތަނަކުން ކަމެއް ދެނެގަނެވިފައި ނުވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 165،073ށް އަރާފައެވެ. މީގެތެރެއިން 149،734 މީހުން ބަލިން ފަސޭހަވެފައިވާއިރު މިވަގުތު އެކްޓިވް ކޭހުގެ އަދަދަކީ 15،035 އެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 24 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

އާދިއްތަ ދުވަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސޮލޭޝަންގައި އޮތް 90 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ އިރު މިހާތަނަށް 291 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ފަސްވަނަ ރާޅާއެކު ކޭސްތައް ޖެނުއަރީ މަހުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. 2500 އަށްވުރެ މަތީގައި ކޭސްތައް ރިޕޯޓު ކުރެވުނު ނަމަވެސް ފެބްރުއަރީ މަސް ފެށުނު ފަހުން ދަނީ ކޭސްތައް ދަށްވަމުންނެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް ނޭޅި ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކޮށް، ގިނަ މީހުން އެއްވެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

- ކޮމެންޓް