Advertisement
ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 16:38
އަބްދުއްޝަކޫރު ސާލިޙް
އަބްދުއްޝަކޫރު ސާލިޙް
ރާއްޖެއެމްވީ
ސްޓެލްކޯ
ޝުކޫރު އެންވަޔަރަމެންޓް މިނިސްޓްރީއަށް ބަދަލުކޮށް، ސްޓެލްކޯގެ އެމްޑީގެ މަގާމު ޒުހޫރަށް
ޝުކޫރު މަޤާމުން ވަކި ކުރެއްވީ މިއަދު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރުކުން އަބްދުއްޝަކޫރު ސާލިޙް ވަކިކުރައްވައި މިނިސްޓަރ އަހަމްދު ޒުހޫރު އެ މަޤާމަށް ހަމަޖައްސަވައިފި އެވެ.

 

 

ޕްރައިވެޓޭޝަން ބޯޑްގެ ރައީސް ނިޒާރު ވިދާޅުވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ބަދަލުކުރެއްވީ އެކަމަށް ރައީސް އޮފީހުން ހުށަހެޅުއްވުމުން ކަމަށެވެ. މިގޮތަށް ގެންނަ ކޮންމެ ބަދަލަކީ ވެސް ރަނގަޅު ބަދަލަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

 

ޒުހޫރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައެވެ. ޒުހޫރު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމާއި ހެލްތް މިނިސްޓަރު ކަމާޢި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުކަމުގެ އިތުރުން ހޯމް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމު މި ސަރުކާރުގައި އަދާކުރައްވައިފައެވެ. މީގެ އިތުރުން ޒުހޫރަކީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ޗެއާއެވެ.

 

ސްޓެލްކޯގެ މަޤާމުން ވަކިކުރެއްވި ޝޫކޫރު އެމަގާމަށް އައްޔަނުކޮށްފައިވަނީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭގެ ކުރިން ވެސް ގިނަ ދުވަސްތަކެއް ވަންދެއް އޭނާ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރެއްވެވި އެވެ. 

 

ސްޓެލްކޯގެ އެމްޑީގެ މަޤާމުން ޝުކޫރު ވަކިކުރެއްވުމަށް ފަހު އައްޔަން ކުރައްވާފައި ވަނީ  މިނިސްޓްރީ އޮފް އެންވްޔަރަމަންޓް  އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

 

ސަރުކާރުން މިބަދަލު ގެންނެވި ސަަބަބެއް ހާމަކޮށްފައެއް ނުވެއެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 ޖޫން 2017 | އާދީއްތަ 12:50
ސަލީމް
ސްޓެލްކޯ ޗެއަރމަން އެންމެފަހުން ބޭއްވި އިންތިޚާބުގައި ވެސް ކެމްޕޭން ކުރީ އިދިކޮޅުފަރާތަށް
4 ޖޫން 2017 | އާދީއްތަ 12:49
ޢާލިމް
ސްޓެލްކޯ ޗެއަރމަން ކަމުން އައިމަން ވަކި ކުރޭ