Advertisement
ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 16:22
ފުލުހުން ރަޔަޓް ގިޔަރުގައި
ފުލުހުން ރަޔަޓް ގިޔަރުގައި
ގޫގުލް
މޯލްޑިވްސް ޕޮލިސް ސާވިސް
ފުލުހުން ކުރި ޓްވީޓަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އޮއްސާލައިފި
ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ވުރެ ސޯޝަލް މީޑިއާގައި ޝެއާކުރުން މުހިންމު ކަމަށް ބައެއް މީހުން ދެކޭ
ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށް ބައެއް މީހުން ބުނި
ތަސައްވުރު ރަނގަޅުކުރަން ޖެހޭ

ޖިނާއީ އަދި ތުހުމަތު ކުރެވޭ މައްސަލަތައް ސޯޝަލް މީޑިއާގައި އާންމު ކުރުމުގެ ކުރިން ފުލުހަށް ހުށައެޅުމަށް އެ އިދާރާއިން ކުރި ޓްވީޓަކާ ގުޅިގެން ރައްޔިތުން ފާޑުކިޔުން އޮއްސާލައިފި އެވެ.

ޖޫން 1 ވަނަ ދުވަހު ފުލުހުން ކުރި މި ޓްވީޓްގައި ބުނެފައި ވަނީ ދިމާވާ ޖިނާއީ އަދި ތުހުމަތު ކުރެވޭ މައްސަލަތައް ސޯޝަލް މީޑިއާގައި އާންމު ކުރުމުގެ ކުރިން ފުލުހުންނަށް ހުށައެޅުމަށާއި އިމަޖެންސީ ކަމެއް ދިމާވެއްޖެނަމަ ފުލުހުންގެ އިމަޖެންސީނަންބަރު 119 އަށް ގުޅުމަށެވެ.

މި ޓްވީޓާ ގުޅިގެން ކޮމެންޓްކޮށްފައިވާ ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ފުލުހުންނަށް ދިވެހިރައްޔިތުންނަށް ފުރިހަމަ ގޮތުގައި ރައްކާތެރިކަމެއް ނުދެވެ އެވެ. އެހެން ނޫނީ އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ މަރާލި ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދެމުންދިޔައިރު، އެ މައްސަލަތައް ބެލޭނެ ކަމަށާއި އޭނާ އަށް ރައްކާތެރިކަން ދެވުނީސް ކަމަށެވެ.

ކުރިން ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ލުބުނާ ޒާހިރު ހުސައިން ކުރެއްވި ކޮމެންޓެއްގައި ވިދާޅުވެފައި ވަނީ "ހާއްސަކޮށް ބޮޑެތި ކަމެއްގައި މައްސަލަ ތަން ހައްލު ނުކުރެވޭ ޕޮލިސް ފޯސް އަކަށް ގުޅުމަކީ ބޭކާރު ކަމެއް ކަމަށެވެ.

ފުލުހުންނަށް އިތުބާރެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ޓްވީޓްކުރިއިރު، ކޮމެންޓްކޮށްފައިވާ ބައެއް މީހުން ބުނެފައިވަނީ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމަށް ވުރެ ސޯޝަލް މީޑިއާގައި ހިއްސާކުރުން މާ ރަނގަޅު ކަމަށެވެ. 

އިސްމާއީލް ޒުބައިރު ބުނެފައިވަނީ ކަމެއް ހިނގައިފިކަން ޕޮލިހަށް ހުށަހަޅައިގެން އެކަން ސިއްރުވެގެން ދިއުމަށް ވުރެ، ސޯޝަލް މީޑިއާގައި އެ ކަމެއްގެ ހަގީގަތް ހާމަކުރުން މާ ރަނގަޅު ކަމަށެވެ. 

އަބްދުލް މުހްސިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކަންކަން އެނގެން ހުރި ބޮޑެތި މައްސަލަތަކުގައި ވެސް ހަދަނީ ހުސް ދޮގު ކަމަށައި އެހެންވެ، ގުޅުމަކީ ބޭކާރު ކަމެއް ކަމަށެވެ. 

 

ފުލުހުންގެ މި ޓްވީޓް 80 އަށް ވުރެ ގިނަ މީހުން ރީޓްވީޓްކޮށްފައިވާއިރު، 70 އަށް ވުރެ ގިނަ ކޮމެންޓްކޮށްފައިވެ އެވެ. 

 

ބައެއް ފަރާތްތަކުން އެ މީހުންނަށް ކުރެވިަފއިވާ ހިތި ތަޖުރިބާތަކާއި ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ނުދާ ކަމަށް ބުނެފައިވެ އެވެ. 

ހުސައިން ސޯބިރު ނަމަކަށް ކިޔާ މީހަކު ބުނެފައިވާ ގޮތުގައި އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ހުށަހެޅިތާ ތިން އަހަރުވެފައިވާއިރު މިހާތަނަށް ވެސް ހަބަރެއް ނުވެ އޮތުމަކީ ލަދުވެތި ކަމެއް ކަމަށެވެ. 

ޖޯއޭ ނަމަކަށް ކިޔާ މީހަކު ބުނެފައި ވަނީ ދުވާލަކު ތިން ހަތަރު ވައްކަމާއި ފޭރުން ހިނގާ ކަމަށް މީހުން ތުންތުން މަތިން އިވޭ ކަމާއި ނަމަވެސް އެއްވެސް މީހަކު ފުލުހަށް އެ މައްސަލަތަކުގައި ނުދިޔުމަކީ އިބުރަތަކަށް ނުފުދޭތޯ ވަނީ ސުވާލުކޮށްފަ އެވެ. 

 

އައިމިނަތު ސުނީތާ ކިޔާ މީހަކު ބުނެފައި ވަނީ ފުލުހުންނަށް ރެޕޯޓްކޮށްފައި، ބަޔާންދީފައި ގެއަށް ނާދެވެނީސް ރިޕޯޓްކުރީތީ ލިބޭ އަނިޔާ އާއި ބިރު ދެއްކުން ބޮޑު ކަމަށެވެ. އެހެންވެ، ފުލުހުންގެ މައްޗަށް އިތުބާރު ގެއްލިއްޖެ ކަމަށް އޭނާ ބުނެ އެވެ. އަދި ބައެއް އެހެން ފަރާތްތަކުން ބުނެފައިވާ ގޮތުގައި ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ މައުލޫމާތު ގޭންގުތަކަށް ލިބެ އެވެ. އަދި ބައެއް މައްސަލަތަކުގައި އެ މައްސަލަ ހުށަހެޅި މީހާ ނުރައްކަލުގެ ތެރެއަށް ވެއްޓޭ ކަމަށް ބުނެފައިވެ އެވެ. 

މިފަދަ ކަންބޮޑުވުންތައް ހުރިއިރު، އަލީ ލަބީބު ބުނި ގޮތުގައި ފުލުހުން ހަމައެކަނި ބަލަނީ ސިޔާސީ މައްސަލަތަކެވެ. 

މި ހިޔާލަށް ތާއިދުކުރާ ނުވަތަ އެގޮތަށް ގަބޫލުކުރާ ގިނަ ބަޔަކު އުޅެ އެވެ. ބޮޑެތި މައްސަލަތަކަށް ފުލުހުންނަށް ހައްލެއް ހޯދައި ނުދެވޭއިރު، ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސަރުކާރުން ބޭނުންވާ ގޮތަށް ސިޔާސީ ލީޑަރުން ހިފައި ހައްޔަރުކުރުމާއި، އެ މީހުންނަށް "ގޯނާ"ވާ ފަދަ ގޮތަށް ސިޔާސީ މަގުސަދުގައި ކަންކަން ކުރަމުން ގެންދިއުމެވެ. ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ވަގުތެއްގައި ސިޔާސީ ފަރާތްތަކުގެ މައްޗަށް އެކި ތުހްމަތުތައް އަޅުވައި، ފުލުހުންގެ މަސައްކަތްތައް ވެސް ހަލުއިކުރެ އެވެ. މީހުން ބައްދލުކޮށް، ތަހްގީގުކޮށް، ދައުވާ ކުރަން ފޮނުވަ އެވެ. 

ގިނަ ބައެއްގެ ކަންބޮޑުވުން ހުރީ މިފަދަ އެތައް ސަބަބަކާ ހުރެ އެވެ.  އެހެންވެ، ބައެއް މީހުން ބުނެފައިވާ ގޮތުން ފުލުހުންގެ މި ޓްވީޓަކީ ރަނގަޅު ސްޓޭޓްމެންޓެއް ނޫނެވެ. މި ދުވަސްވަރު ސޯޝަލް މީޑިއާގައި ކަންކަން ހިއްސާކުރުން މުހިންމު ކަމަށް ބައެއް މީހުން ދެކެވެ. 

މިފަދަ ޓްވީޓެއް ފުލުހުންކުރިއިރި، ރިޕޯޓްތައް ފުލުހުންނަށް ހުށަނާޅައި ޓްވީޓްކުރަންޖެހެނީ ކީއްވެގެންތޯ ބަލަންޖެހެ އެވެ. ހަމައެކަނި ޓްވީޓަކުން އިލްތިމާސްއެއް ކޮށްލުމަކުން ޒިންމާ އުފުލުނީއެއް ނޫނެވެ. ރައްޔިތުންނަށް ހިދުމަތްކޮށްދިނުމާއި ރައްކާތެރިކަން ފޯރުކޮށްދޭނަމަ، މިހާރަށް ވުރެ ބޮޑަށް ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތްދޭން އެބަ ޖެހެ އެވެ. ފުލުހުންގެ ތަސައްވުރެ ރަނގަޅުކޮށް، އެ މުއައްސަސާގެ އަގު ނަގަހައްޓަންޖެހެ އެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
5 ޖޫން 2017 | ހޯމަ 20:26
ކަދުރުބަހާ
ޕޮލިސް އަވަސް ކަމާއިއެކު ހަރަކާތްތެރިވަނީ ސިޔާސީމީހުން ހައްޔަރު ކުރަންވީމަ.. ފަހަރެއްގަ އެއީ "ބޮޑުބޭބެ" އެހެންބުނެފައޮތީމަކަންނޭގެ ."
4 ޖޫން 2017 | އާދީއްތަ 12:58
އަލިފުސް
އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔަ ސައިޓަކަށް ދަންވަރު ގަޑީގަ ކަތިވަޅިއާއި އެހެންވެސް ގެއްލުނދެވޭޒާތުގެ އެއްޗިއްސާއެއްކޮށް ޕާޓޭ ގުރޫޕެއް އަރާ އެތާތިބި ބަނގްލަދޭޝް ކުދިންނަށް އަނިޔާކޮށް އަޅުގަނޑުމެނަށް ބިރުު ދައްކައި ހަދަމަުން ދަނިކޮށް ޕޮލިހަށްގުޅީ. ޕޮލިސް ތިބި 3 މިނިޓުން އާދެވޭނެހާ ކައިރީގަ. އެކަމަކު ޕޮލިހުނަށް އެތަނަށް ދެވުނީ އަނެއްދުވަހު މެންދުރު 2 ވެސް ޖެހިފަހުން. ދެން ކީކޭތަ ޕޮލިހުން ކިތަންމެ ވަރަކަށް ބުންޏަސް ކިހިނެތްތަ ޕޮލިހަސް ރިޕޯޓު ކުރެވޭނީ..