Advertisement
ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 12:20
ފުވައްމުލަކު ސިޓީގެ ކައުންުސިލަށް އިންތިހާބު ވި ތިން ކެނޑިޑޭޓުން
ފުވައްމުލަކު ސިޓީގެ ކައުންުސިލަށް އިންތިހާބު ވި ތިން ކެނޑިޑޭޓުން
ރާއްޖެއެމްވީ
ފުވައްމުލަކު ސިޓީ
ޕާޓީގެ ފިކުރަށް ބެލުމެއް ނެތި ހިދުމަތްކުރާނަން: ފަލާހު
ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު ވެސް ޕާޓީގެ ވިސްނުމަށް ނުބައްލަވައި ހިދުމަތް ކުރައްވާނެ
ކައުންސިލްގެ ބާރުވެރިކަން ހަނިކުރުމުން ދަތިވާނެ
ފަތުރުވެރިކަމުގެ ދާއިރާ ފުޅާ ކުރުމަށް މަސައްކަތް ކުރާނަން

ފުވައްމުލަކު ސިޓީއަށް އިންތިހާބުވި ތިން ކައުންސިލަރުން ވެސް މަސައްކަތް ކުރާނީ ޕާޓީގެ ވިސްނުމަށް ވުރެ ބޮޑަށް ރައްޔިތުންނަން މިހާރު ވެސް ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރަކަށް އެމްޑީޕީގެ އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވެއްޖެއެވެ.

 

ފުވައްމުލަކު ސިޓީގައި ތިބޭނީ އެމްޑީޕީގެ 2 ކައުންސިލަރުންގެ އިތުރުން ޕީޕީއެމްގެ ކައުންސިލަރެކެވެ. ޕީޕީއެމްގެ ކައުންސިލަރަކީ ނިމިގެން ދިޔަ ދައުރުގައި އަތޮޅު ކައުންސިލްގައި މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށާއި އެހެންވެ، ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ޔާޤީންކަން އެބަ އޮތް ކަމަށް ފަލާހު ވިދާޅުވިއެވެ. އެކަން މިއަދުގެ ވޯޓުން ވަރަށް ބޮޑަށް ހާމަވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ.

 

ފަލާހު ވިދާޅުވި ގޮތުގައި ފުވައްމުލަކު ސިޓީ ކައުންސިލަކަށް ބަދަލުވުމާއި އެ ކައުންސިލްގެ ބާރުވެރިކަން ރައީސް އަބްދުﷲ ޔާމީން ހަނިކުރެއްވުމުން ހިތާމަ ކުރައްވާ ކަމަށެވެ. ފުވައްމުލަކުގެ 8 އަވަށުގެ ކައުންސިލްތައް އުވާލާލައްވައި ކައުންސިލަރުންގެ  އަދަދު މަދު ކުރެއްވުމަކީ ކުރިން ދެއްވި ގޮތަށް ހިދުމަތް ދެއްވުމަށް އުނދަގޫ ވާނެ ކަމެއްކަމަށް އެނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރުވެސް ކައުންސިލުން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި ދެމުންގެންދާނެ ކަމުގެ ވަރަށް ބޮޑު ޔާގީންކަމެއް ފަލާހު ދެއްވިއެވެ.

 

ފުވައްމުލަކު ސިޓީ ކައުންސިލަށް ވެސް ލިބިގެން ވަނީ އެހެން ސިޓީ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބާރުތައް ކަމަށް ކަނޑައަޅައި ފުވައްމުލަކު ސިޓީގެ ބާރުތައް ރައީސް އަބްދުﷲ ޔާމީން ހަނިކުރައްވާފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުގައެވެ.

 

ހިދުމަތް ދިނުމަށް ހުރަސްތަކެއް ހުރި ނަމަވެސް ފުވައްމުލަކުގައި ޓޫރިޒަމް ފުޅާ ކުރުމަށް އާ ކައުންސިލުން މަސައްކަތްކުރާނެ ކަމަށް ފަލާހު ވިދާޅުވި އެވެ، 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް