Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2022 | ހުކުރު 13:52
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލް ރަޙީމް އަބްދުލް ލަތީފް
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލް ރަޙީމް އަބްދުލް ލަތީފް
ރާއްޖެއެމްވީ
ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުން
މިޒަމާނުގައި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް
މިޒަމާނުގައި ޤައުމުގެ ކުޑަބޮޑު މިނަށް ބަލައި، ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ
ސަލާމަތީ ކަންކަމުގައި ޤައުމުތައް ގުޅިގެން މަސައްކަތް ކުރާއިރު އިންޓެލިޖެންސް މައުލޫމާތު ވަރަށް ބޮޑަށް ހިއްސާ ކުރެވޭ
އެއްވެސް ޤައުމަކީ އެކަނިމާއެކު މަސައްކަތް ކުރެވޭނެ ޤައުމެއް ނޫން

މިޒަމާނުގައި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ 241 ކޮމެޓީގައި ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވީ މިޒަމާނުގައި ޤައުމުގެ ކުޑަބޮޑު މިނަށް ބަލައި، ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށާއި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އިންޓެލިޖެންސްގެ މައުލޫމާތަށް އިޝާރަތް ކުރައްވައި ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވީ ސަލާމަތީ ކަންކަމުގައި ޤައުމުތައް ގުޅިގެން މަސައްކަތް ކުރާއިރު، އެ މައުލޫމާތަކީ ވަރަށް ބޮޑަށް ހިއްސާ ކުރެވޭ މައުލޫމާތެއް ކަމަށެވެ.

Advertisement

ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވީ އެއްވެސް ޤައުމަކާއެކު ދުޝްމަނުކަމެއް ނުވަތަ ހަސަދަވެރިކަމެއް ނެތި އެކުވެރިކަމާއެކު މަސައްކަތް ނުކުރެވޭ ކަމަށްވާނަމަ ޤައުމުތަކަށް އެކަމުގެ ގެއްލުމާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެހެންކަމުން މިފަދަ ޒަމާނެއްގައި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެއްވެސް ޤައުމަކީ އެކަނިމާއެކު މަސައްކަތް ކުރެވޭނެ ޤައުމެއް ނޫން ކަމަށެވެ. ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވީ އަވައްޓެރި ޤައުމުތަކާއި އެކުވެރި ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމުން ގެއްލުމެއް ކުރިމަތިނުވެ ލާބަޔާ މަންފާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

މިޒަމާނަކީ ގައުމު ކިތަންމެ ބޮޑަސް އަދި ކުޑަޔަސް އެހެން ގައުމުތަކާއި ގުޅިގެން ނޫނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔާގީންކުރެވޭ ކަހަލަ ގޮތަކަށް ނޫން އޮންނަނީކީއެއް. ޚާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލާނަން އެއްގައުމު އަނެއް ގައުމާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި އިންޓެލިޖެންސް ހިއްސާ ކުރުމަކީ މިހާރު ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރެވޭ ކަމެއް. މިދިޔަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުނީ އޭސިޔާ ޕެސިފިކް އިންޓަލިޖެންސް ކޮންފަރެންސް. 28 ގައުމު ހިމެނޭ ގުރޫޕެއް އެއީ. ކޮވިޑްގެ ހާލަތުގައި ވެސް ވަރަށް ގިނަ ގައުމުތަކެއް އެ ކޮންފަރެންސްގައި ބައިވެރިވި. އަޅުގަނޑުމެންނަށް މިހުރިހާ ގައުމަކުން ވެސް ވަރަށް ކްލޯސްކޮށް އިންޓެލިޖެންސްގައި މަސައްކަތް ކުރަމުންދޭ. މި ގުރޫޕްގައި ހިމެނޭ ގައުމުތަކުގެ އިތުރުން ޔޫރަޕްގައި އަދި އޭޝިޔާގައި ހިމެނޭ އެހެން ވެސް ގައުމުތަކުން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރޭ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް

މިޒަމާނުގައި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ވިދާޅުވެފައިވާއިރު، ރާއްޖޭގެ އަސްކަރީގެ ޤާބިލްކަން އިތުރު ކުރަމަށް ޤައުމުތަކާއި ގުޅިގެން ކުރިއަށް ގެންދާ އެކިއެކި ތަމްރީންތަކަށް ބައެއް ސިޔާސީ ފަރާތްތަކުންދަނީ ފާޑު ކިޔަމުންނެވެ. ޚާއްސަ ގޮތެއްގައި އިންޑިއާ ދެކޮޅަށް އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އެގޮތުން އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމާއެކު "އިންޑިއާ އައުޓް" ހަރަކާތް ގެންދަނީ ދުވަހެއް ދުވަހަކަށް ފުޅާ ކުރައްވަމުންނެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ ބޮޑުވާ ކަމަށް ދިފާއީ ބާރުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް