ކ. މާލެ
|
17 ފެބްރުއަރީ 2022 | ބުރާސްފަތި 07:27
ރާއްޖެއަށް ފަތުރުވެރިން އައުން
ރާއްޖެއަށް ފަތުރުވެރިން އައުން
ރާއްޖެއެމްވީ
ފަތުރުވެރިކަން ކުރިއެރުވުން
ފަތުރުވެރިކަމުގެ ދާއިރާގެ 87 ފަރާތަކަށް އީޔޫގެ އެހީ ދީފި
އެހީގެ ގޮތުގައި ލިބިފައިވާ ދެމިލިއަން ޔޫރޯގެ ތެރެއިން 3.45 މިލިއަން ރުފިޔާ 87 ފަރާތަކަށް މިހާރު ދޫކުރެވިފައިވޭ
އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް

ކޮވިޑުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން ދީފައިވާ ހިލޭ އެހީ 87 ފަރާތަކަށް ދެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އީޔުން ދީފައިވާ ދެމިލިއަން ޔޫރޯގެ އެހީ ދޫކުރަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުންނެވެ. މިނިސްޓްރީން ބުނީ އެހީގެ ގޮތުގައި ލިބިފައިވާ ދެމިލިއަން ޔޫރޯގެ ތެރެއިން 3.45 މިލިއަން ރުފިޔާ 87 ފަރާތަކަށް މިހާރު ދޫކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ހުޅުވާލާފައިވާ މި ފުރުސަތަށް އެދުމަށް ހުޅުވާލީ މިދިޔަ ޑިސެމްބަރ މަހުގެ 15ވަނަ ދުވަހުއެވެ. އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އެހީއަށް އެދި ހުށަހެޅޭނީ ޞައްހަ އޮޕަރޭޓިންގ ލައިސެންސެއް އޮވެ، 40 އެނދަށްވުރެ މަދުން އޮޕަރޭޓްކުރާ ފަރާތަކަށް އެކަންޏެވެ. ކޮންމެ ގެސްޓުހައުސްއެއް އަދި ސަފާރީއަކަށް އެހީ ލިބިގެން ދާނީ އެނދަކަށް 2453.76 ދިވެހި ރުފިޔާގެ ރޭޓުންނެވެ. މި އެހީގެ ފައިދާ ސީދާގޮތެއްގައި 561 ގެސްޓްހައުސްއަށް އަދި 126 ސަފާރީއަށް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

- ކޮމެންޓް
17 ފެބްރުއަރީ 2022 | ބުރާސްފަތި 09:15
މާލޭގެ ބާޒާރުމަތީ ބޮޑެތި ކުލި ދައްކައިގެން ހިންގަމުންދާ
މާލޭގަ ބޮޑުކުލީގަ ހިންގަމުން އަންނަ ސްވެނިއަރ ފިހާރަތަކައް ބަގުރޫޓުވެ ބައެއް ތަންތަން ބަންދު ކޮއްފި މީ އެބުނުއްވާ ކެޓެގެރީގަ ނުހިމެނޭ ބަޔަކީބާ!