ކ. މާލެ
|
17 ފެބްރުއަރީ 2022 | ބުރާސްފަތި 05:20
އެޗްއައިވީ ޖެހިފައިވާ އަންހެނަކަށް ފަރުވާދީ ރަނގަޅުކުރުން
އެޗްއައިވީ ޖެހިފައިވާ އަންހެނަކަށް ފަރުވާދީ ރަނގަޅުކުރުން
-
އެޗްއައިވީއަށް ފަރުވާކުރުން
އެޗްއައިވީ ޖެހިފައިވާ އަންހެނަކަށް ފަރުވާދީ ރަނގަޅުކޮށްފި
ދުނިޔޭގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ ތެރެއިން ފަރުވާދީގެން ރަނގަޅުވެފައިވާ މީހުންގެ އަދަދުވަނީ ތިނަކަށް އަރާފައި
މިއީ އެޗްއައިވީ ޖެހިފައިވާ މީހަކަށް ފަރުވާދީގެން ރަނގަޅުވި ފުރަތަމަ އަންހެން މީހާ

އެމެރިކާގައި ލޭގެ ކެންސަރަށް ފަރުވާ ކުރަމުންދާ އެޗްއައިވީ ޖެހިފައިވާ އަންހެނަކަށް ފަރުވާދީގެން ބަލިން ރަނގަޅުކޮށްފިއެވެ.

އެއަންހެން މީހާއަށް ދީފައިވަނީ ސްޓެމް ސެލް ޓްރާންސްޕްލާންޓެވެ. މިއީ އެޗްއައިވީ ޖެހިފައިވާ މީހަކަށް ފަރުވާދީގެން ރަނގަޅުވި ފުރަތަމަ އަންހެން މީހާއެވެ. މިއާއެކު ދުނިޔޭގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ ތެރެއިން ފަރުވާދީގެން ރަނގަޅުވެފައިވާކަމަށް ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދުވަނީ ތިނަކަށް އަރާފައެވެ.

މި އަންހެން މީހާއަކީ ބޯންމެރޯގައި ލޭ އުފެދޭ ސެލްތަކުގައި ލޭ އުފައްދަން ފަށާ އެކިއުޓް މައިލޮއިޑް ލޭގެ ކެންސަރަށް ފަރުވާ ކުރި މީހެކެވެ. "ކޯޑް ބްލަޑް" އަންހެން މީހާގެ ގަޔަށް އެޅި ފަހުން ފާއިތުވެދިޔަ 14 މަސް ދުވަހުގެ ތެރޭގައި އޭނާގެ ގައިން އެޗްއައިވީގެ އަސަރު ފެނިފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން އެޗްއައިވީ ޖެހިފައިވާ ދެފިރިހެނަކަށް ފަރުވާދީގެން ވަނީ ރަނގަޅުކޮށްފައެވެ. މީގެ ތެރެއިން އެކަކީ ދޮންނަސްލުގެ މީހަކަށް ވާއިރު އަނެކަކީ ކަޅު ނަސްލުގެ މީހެކެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ތަކުގައި ގިނައިން ބޭނުންކުރާ އެޑަލްޓް ސްޓެމްސެލްސްގެ ފަރުވާކޮށްގެން މި ދެމީހުންވެސް ވަނީ ރަނގަޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް