ކ. މާލެ
|
16 ފެބްރުއަރީ 2022 | ބުދަ 23:52
ސިންގަޕޫރުގައި އަންނަނީ އޮމިކްރޯނާއެކު އެޅިފިޔަވަޅުތަކަށް ލުއި ދެމުން
ސިންގަޕޫރުގައި އަންނަނީ އޮމިކްރޯނާއެކު އެޅިފިޔަވަޅުތަކަށް ލުއި ދެމުން
ރޮއިޓަރސް
ކޮވިޑް-19، ސިންގަޕޫރުގެ ހާލަތު
އޮމިކްރޯނާއެކު ބަންދުކުރި ސިންގަޕޫރުގެ ބޯޑަރު އަލުން ހުޅުވާލައިފި
ވެކްސިން ޖަހާފައިވާ މީހުންނަށް އެގައުމަށް އެތެރެވެވޭ ކޯޓާ އިތުރުކުރާނެ

އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން ބަންދުކުރި ސިންގަޕޫރުގެ ބޯޑަރު އަލުން ހުޅުވާލައިފިއެވެ.

އަލުން ހުޅުވާލަމުން ހެލްތު މިނިސްޓްރީން ބުނީ, ކަރަންޓީނާ ނުލައި ދަތުރުކުރެވޭ ލިސްޓަށް ހޮންގކޮންގ، ގަތަރު، ސައޫދީއަރަބިއްޔާ އަދި ޔޫއޭއީ މިމަހު އިތުރުކުރާނެކަމަށެވެ. މީގެއިތުރުން ވެކްސިން ޖަހާފައިވާ މީހުންނަށް އެގައުމަށް އެތެރެވެވޭ ކޯޓާވެސް އިތުރުކުރާނެކަމަށް ވަނީ ބުނެފައެވެ.

އަދި ސިންގަޕޫރުގެ ރައްޔިތުންނާއި, ދިގުމުއްދަތަކަށް އެގައުމުގައި އުޅޭ ރައްޔިތުން އެގައުމަށް އެތެރެވާއިރު ހުއްދަ ނަގަން އޮތް އޮތުންވެސް އުވާލަން ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް ބޭރުގެ ގައުމުތަކުން އެގައުމަށް އެކިއެކި މަސައްކަތްކުރުމަށް އެތެރެވާ މީހުން ޚާއްސަ ހުއްދައެއް ނަގަންޖެހޭނެކަމަށް ވަނީ ބުނެފައެވެ.

ސިންގަޕޫރުގެ ސަރުކާރުން ވަނީ ކޮވިޑް-19އާ ގުޅިގެން މީގެކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައެވެ. އޭގެތެރޭގައި އެކިއެކި މަސައްކަތްކުރާ މީހުން ކޮންމެ ދުވަހަކު ކޮވިޑަށް ޓެސްޓްކުރުމަށް އޮތް އޮތުން އުވާލާނެކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް