ކ. މާލެ
|
16 ފެބްރުއަރީ 2022 | ބުދަ 06:13
މެލޭޝިޔާގައި އޮތް އެއަރ އޭޝިޔާގެ ފްލައިޓަކުން ހަރުފައެއް ފެނުން
މެލޭޝިޔާގައި އޮތް އެއަރ އޭޝިޔާގެ ފްލައިޓަކުން ހަރުފައެއް ފެނުން
ސީ.އެން.އެން
ފްލައިޓަކުން ހަރުފައެއް ފެނުން
އެއަރ އޭޝިއާގެ ފްލައިޓަކުން ހަރުފައެއް ފެނިއްޖެ
 
ބައެއް މީހުން ވަނީ ހަރުފައިގެ ފޮޓޯ ސޯޝަލް މީޑީއާގައިވެސް ހިއްސާކޮށްފައި

މެލޭޝިޔާގައި އޮތް އެއަރ އޭޝިޔާގެ ފްލައިޓަކުން ހަރުފައެއް ފެނިއްޖެއެވެ.

މި ހަރުފަ ފެނިފައިވަނީ މެލޭޝިޔާގެ ކޮލަލަމްޕޫރުން ޓަވާއޫއަށް މިމަހުގެ 15 ވަނަ ދުވަހު ދަތުރުކުރި އެއަރ އޭޝިޔާގެ ފްލައިޓަކުންނެވެ. ފްލައިޓުގައި ތިބި އެތައް ފަސިންޖަރުންނަކަށް މި ހަރުފަ ފެނިފައި ވާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ހަރުފައިގެ ފޮޓޯ ސޯޝަލް މީޑީއާގައިވެސް ހިއްސާކޮށްފައެވެ.

ފްލައިޓުން މި ހަރުފަ ފެނިފައިވާކަން ޕައިލެޓަށް އެނގުމާއެކު ޕައިލެޓް ވަނީ ފްލައިޓުގެ މިސްރާބު ބަދަލުކޮށް، މެލޭޝިޔާގެ ކުޗިންގ އެއަރޕޯޓުގައި ފްލައިޓު ޖައްސާފައެވެ. އަދި ފްލައިޓު ޓަވާއޫއަށް ދަތުރުކުރީ ކުޗިންގ އެއަރޕޯޓަށް ޖެއްސުމަށްފަހު އެ ހަރުފަ ފްލައިޓުން ބޭރުކޮށް، ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހުއެވެ.

މި ހާދިސާއާއި ގުޅިގެން އެއަރ އޭޝިއާގެ ޗީފް ސޭފްޓީ އޮފިސަރު ކެޕްޓަން ލިއޮންގ ވިދާޅުވީ މިއީ ވަރަށް މަދުން ނޫނީ ނުހިނގާފަދަ ހާދިސާއެއް ކަމަށެވެ. އަދި މިހާލަތުގައި ފްލައިޓުގެ ޕައިލެޓް ކަންތައްކުރީ އެންމެ ރަނގަޅަށް ކަމަށާއި، ފަސިންޖަރުންނާއި ކުރޫންގެ ރައްކާތެރިކަމަކީ އެންމެ މުހިންމުކަންތައް ކަމުގައި ލިއޮންގ ވިދާޅުވިއެވެ.

މީގެ ކުރިންވެސް މިފަދަ ބައެއް ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން 2012 ވަނަ އަހަރު އެޖީޕްޓުގެ ފްލައިޓަކުން ދަތުރުކުރި ރެޕްޓައިލް ޝޮޕެއްގެ ވެރިއެއްގެ އަތްދަބަހުން ވަނީ ހަރުފައެއް ފެނިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
0%
50%
ކޮމެންޓް