Advertisement
ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 17:06
ކައުންސިލް މެންބަރުން ހުވާކުރަނީ
ކައުންސިލް މެންބަރުން ހުވާކުރަނީ
ރާއްޖެއެމްވީ
ކައުންސިލަރުން ހުވާކުރުން
ކައުންސިލްތައް ހުވާކުރަން ފަށައިފި
ކައުންސިލް މެންބަރުން ހުވާ ކުރަނީ 4 ދަންފަޅިއަށް ބަހާލައިގެން
ކައުންިސލް އިންތިހާބު ބާއްވާފައިވަނީ މެއި 6 ގައި
ސިޓީ ކައުންސިލްތަކުގެ ހުވާކުރުން ހަމަޖައްސާފައި ވަނީ މިރޭ

ކައުންސިލްތަކަށް އަލަށް ހޮވުނު ކައުންސިލަރުން ހުވާ ކުރަން ފަށައިފި އެވެ.

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ހޮވުނު މެންބަރުން ހުވާ ކުރުން ކުރިއަށްގެންދަނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު ދަންފަޅި އާއި މެންދުރު ދަންފަޅީގެ އިތުރުން ހަވީރު ދަންފަޅި އާއި ރޭގަނޑު ދަންފަޅީގައި ވެސް ކައުންސިލް މެންބަރުން ހުވާކުރުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

އެލްޖީއޭ އިން ބުނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކައުންސިލް މެންބަރުން ހުވާ ކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިރު ހަވީރު ދަންފަޅީގައި ހުވާ ކުރުމަށް ހަމަޖެހިފައިވަނީ ޅ. އަތޮޅުގެ ބައެއް ކައުންސިލްތަކުން ކަމަށެވެ.

ކައުންސިލްތަކުގެ ހުވާ ކުރުން ކުރިއަށްދާ އިރު ހެނދުނު ދަންފަޅީގައި ގިނަ ރަށްތަކެއްގެ ކައުންސިލްތައް ވަނީ ހުވާ ކޮށްފަ އެވެ. އެގޮތުން ކ. ހިންމަފުއްޓާއި ހއ. އަތޮޅު މޮޅަދޫ އާއި ތިން ކައުންސިލްތަކުންވެސް ވަނީ ހުވާކޮށްފަ އެވެ. އަދި ހއ. އިހަވަންދޫ ކައުންސިލް މެންބަރުންނާއި ތުރާކުނު ކައުންސިލް މެންބަރުން ވެސް ވަނީ ހުވާކޮށްފަ އެވެ.

މީގެ އިތުރުން ބ.ތުޅާދޫ އާއި ޅ. އޮޅުވެލިފުށީގެ ކައުންސިލާއި ފ. ނިލަންދޫގެ އިތުރުން، ލ. އަތޮޅު ކައުންސިލް މެންބަރުން ވެސް ވަނީ ހުވާކޮށްފަ އެވެ.

ގިނަ ކައުންސިލްތަކަކުން ހުވާ ކުރުން ކުރިއަށްދާ އިރު މާލޭ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލް ހުވާ ކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި 653 ކައުންސިލަރުން އިންތިހާބު ކޮށްފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ 179 ރަށު ކައުންސިލަށް 563 ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަށް 67 ކައުންސިލަރުންނާއި މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް 23 ކައުންސިލަރުންނެވެ. ކައުންސިލް އިންތިޚާބުގައި ބޮޑު ތަފާތަކުން ކުރި ހޯދާފައި ވަނީ އެމްޑީޕީންނެވެ. އެ ގޮތުން މާލޭގެ 13 ގޮނޑީގެ ތެރެއިން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއަކާއި އައްޑޫގެ ހުރިހާ ގޮނޑިއެއް އަދި ފުވައްމުލަކުގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑޕީންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް