Advertisement
ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 15:58
އުލިގަމުގައި ބަނދަރުކޮށްފައިވާ ޓަގު ބޯޓު
އުލިގަމުގައި ބަނދަރުކޮށްފައިވާ ޓަގު ބޯޓު
އެމްއެންޑީއެފް
އުލިގަމު
ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި
މި ޓަގު ބޯޓް އުލިގަމުގައި ބަނދަރު ކޮށްފައި ވަނީ ހުކުރު ދުވަހު ހަވީރު
ޓަގް ބޯޓުން ދަތުރު ކުރަމުން ދަނީ 25 މީހުން
މޫސުން ރަނގަޅުވުމުން ޓަގުބޯޓް ފުރާނެ

ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި ހއ. އުލިގަމުގައި ބަނދަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބައިނައްލަޢުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ "ގޯލްޑަން ޕްރައިޑް" ނަމަކަށް ކިޔާ ޓަގު ބޯޓެއް ހުކުރު ދުވަހު ހަވީރު 3:00 އެއްހާއިރު ހއ. އުލިގަމު އިރުމަތީފަރާތުގައި ބަނދަރު ކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މި އުޅަނދު އުލިގަމުގައި ބަނދަރުކޮށްފައި ވަނީ މޫސުން ގޯސްވެ ކަނޑުގަދަވެ ދަތުރު ނުކުރެވިގެން ކަމަށެވެ.

އެގޮތުން މި ޓަގު ބޯޓް އުލިގަމުގައި ބަނދަދު ކުރީ ކުއްލި ހާލަތުގައި އެހީއަށް އެދިގެން ކަމާއި އަދި އުލިގަމުގައި ބަނދަރު ކުރީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ކަމަށް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން އޮފިޝަލް ވިދާޅުވީ މި އުޅަނދުން ދަތުރުކުރަމުން ދިޔައީ 25  މީހުން ކަމަށާއި އަދި ދަތުރު ކުރެވޭ ވަރަށް މޫސުން ރަނގަޅުވިހާ އަވަހަކަށް އުޅަނދު ފުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި ގޮތުގައި މޫސުން ގޯސްވިއިރު މި އުޅަނދު ދަތުރު ކުރަމުން ދިޔައީ އަށް ޑިގްރީ ޗެނަލް ބޭރުގައެވެ. އަދި މި އުޅުނަދުކީ ޑިމިނިކަން ރިޕަބްލިކަންގައި ރަޖިސްޓްރީކޮށް އިންޑިއާގެ ކުންފުންޏަކުން އޮޕްރޭޓް ކުރަމުންދާ އުޅަނދެއް ކަމަށް ވެސް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް