Advertisement
ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 03:56
ސިމެންތިތަކެއް ހިފާއިގެން ދަތުރު ކުރި ޕަކަޕް ފުރޮޅާލާއިފައި
ސިމެންތިތަކެއް ހިފާއިގެން ދަތުރު ކުރި ޕަކަޕް ފުރޮޅާލާއިފައި
ރާއްޖެ އެމްވީ
އެކްސިޑެންޓް
ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ފުރޮޅާލާއިފި
އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވޭ
ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން

ސިމެންތިތަކެއް ހިފާގެން ހުޅުމާލެއިން ދަތުރު ކުރި ޕިކަޕެއް ކޮންޓްރޯލް ނުވެގެން ފުރޮޅާލާއިފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެސަރަހައްދުގައި ހުރި މީހަކު ބުނީ ހުޅުމާލޭ ސެންޓްރަލް ހޮޓަލް ކައިރިއަށް ޕިކަޕް ފުރޮޅާލާއިފައި ވަނީ ހުކުރު ދުވަހުގެ ރޭ : 10:30 ކަންހާއިރުގައެވެ. ކޮންޓްރޯލް ނުވެގެން ޕިކަޕް ފުރޮޅާލި ނަމަވެސް އެއްވެސް މީހަކަށް ގެއްލުން ނުލިބޭ ކަމަށް އެނާ ބުންޏެއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ރީތި ގަސްމަގުން ދުއްވާފަ ދިޔަ ޕިކަޕެއް ފުރޮޅާލާފައިވާ ކަމަށެވެ. އެކަތް ތަޙްގީގް ކުރަމަށް ފުލުހުން އެސަރަހައްދުގައި ހަރަކާތަތެރިވާ ކަމަށް އޭނާ ބުންޏެއެވެ.  މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޕިަކަޕްގައި ހުރި ސިމެންތިތަށް މަގުމަތީގައި، ގިނަ އަދެއްގެ މީހުން ދަނީ އެސަރަހައްދުގައި ހަރަކާތެރިވަމުން

އެނާ ބުނި ގޮތުގައި ޕިކަޕް ދުއްވާފައި އައީ ވަރަށް ބާރު ސުޕީޑްގައި ކަމަށާއި ކޮންޓްރޯލް ނުވެގެން ޕިކަޕްގައި ހުރި ޖަންބޯ ބޭގްތަކަށް މަގުމައްޗަށް ވެއްޓުމާއި އެކު ޕަކަޕް ވެސް ފުރޮޅާލީ ކަމަށެވެ. ޖަންބޯ ބޭގްތަކުގައި ހުރީ ސިމެންތި ކަމަށް ވެސް އެނާ ބުންޏެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް