ހދ. ކުޅުދުއްފުށި ސިޓީ
|
6 ފެބްރުއަރީ 2022 | އާދީއްތަ 13:52
އުރީދޫ
އުރީދޫ
ފޭސްބުކް
އުރީދޫ ހިއްސާ ބަހަން ނިންމުން
ހިއްސާއަކަށް 2.70 ރުފިޔާ ބަހަން އުރީދޫން ނިންމައިފި
އެންމެ ފަހުން 2020 ވަނަ އަހަރު އުރީދޫއަށް ލިބުނު ފައިދާގެ ތެރެއިން ހިއްސާއަކަށް ބަހާފައިވަނީ 2.34 ރުފިޔާ

އުރީދޫ މޯލްޑިވްސް އިން ހިއްސާއަކަށް 2.70 ރުފިޔާ ބަހަން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ކުންފުނީގެ ފައިދާއިން ހިއްސާއަކަށް ދޭނެ މިންވަރު ނިންމާފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމަކުންނެވެ.

މިކަމާ ގުޅޭގޮތުން އުރީދޫން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ ހިއްސާ ލިބޭނީ މިމަހުގެ 17 ވަނަ ދުވަހާ ހަމަައަށް ހިއްސާދާރުންގެ ގޮތުގައި ތިބޭ ފަރާތްތަކަށް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ މާލީ ހިސާބުތަކާއި އެހެނިހެން ނިންމުންތައް އަންނަ މަހު ބާއްވަން ހަމަޖެހިފައި އޮތް އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ހުށަހެޅޭނެ ކަމަށާއި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއާއި ޖަލްސާގެ ތާރީހު ހިމެނޭ ނޯޓިސް މިމަހުގެ 20 ގެ ކުރިން އުރީދޫގެ ވެބްސައިޓުގައި ޝާއިއު ކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން 2020 ވަނަ އަހަރު އުރީދޫއަށް ލިބުނު ފައިދާގެ ތެރެއިން ހިއްސާއަކަށް ބަހާފައިވަނީ 2.34 ރުފިޔާއެވެ. އެ އަހަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 407 މިލިއަން ރުފޔާ ލިބިފައިވެއެވެ. އަދި އެ ފައިދާއިން ބަހާފައިވަނީ 85 ޕަސެންޓެވެ.

- ކޮމެންޓް