Advertisement
ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 00:05
އައްޑޫ  ސިޓީ ކައުންސިލް އިދާރާ
އައްޑޫ ސިޓީ ކައުންސިލް އިދާރާ
ގޫގުލް
ކައުންސިލް އިންތިހާބު
އަލަށް އިންތިހާބްވި ކައުންސިލަރުން ހުވާކުރުން މާދަމާ ރޭ
ކައުންސިލްތަށް ހުވާކުރުން އޮތީ ރޭނގަޑު

އަލަށް އިއްތިހާބު ކައުންސިލްތަކުގެ މެމްބަރުންގެ ހުވާ ކުރެއްވުން މާދަމާ ރޭ ބާއްވާނެ އެވެ. 

 

މާލޭ ސިޓީ ކައުންސިލުގެ ހުވާކުރުމުގެ ރަސްމިޔާތު މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރޭ 20:30 ގައި ގިޔާސުއްދީން އިންޓާރނޭޝަނަލް ސްކޫލުގައެވެ. އައްޑޫ ސިޓީ ކައުންސިލަށް އަލަށް އިންތިހާބްވި މެމްބަރުން ހުވާކުރުމުގެ ދަރުބާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސަރަފުއްދީން ސުކޫލްގައެވެ. ފުވައްމުލަކުގެ ކައުންސިލަރުން ވެސް ހުވާކުރެއްވުން މާދަމާ ރޭ ބާއްވާއިރު، އެހެން ރަށްތަކުގެ ހުވާ ކުރެއްވުން ވެސް ކުރިއަށް ގެންދާނެ އެވެ. 

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލުން ބުނީ އަލަށް އިންތިހާބްވި ކައުންސިލަރުން ހުވާކުރުމަށް ވާންޖެހޭ އެންމެ ފަހު ތައްޔާރީތައް އެކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

 

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އައްޑޫ ސިޓީގެ ހުރިހާ ކައުންސިލެއް އެމްޑީޕީން ކާމިޔާބު ކޮށްފައިވާއިރު ފުވައްމަލަކު ސިޓީގައި ތިއްބަވާ 3 ކައުންސިލަރުންގެ ތެރެއިން 2 ކައުންސިލަރުންނަކީ އެމްޑީޕީން އިންތިޚާބުވި ކައުންސިލަރުންނެވެ.

 

ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަޖެހިފައިނުވާ އިރު ކައުންސިލްތަކުގެ ގިނަ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް