ކ. މާލެ
|
4 ފެބްރުއަރީ 2022 | ހުކުރު 12:01
ބިލްބާއޯ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން
ބިލްބާއޯ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ސްޕެނިޝް ކަޕް
ބިލްބާއޯ އަތުން ބަލިވެ ރެއާލް ކަޓައިފި
ރެއާލް އަތުން ބިލްބާއޯ މޮޅުވީ 1-0 ގެ ނަތީޖާއަކުން

ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެ ރެއާލް މެޑްރިޑް ކަޓައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބިލްބާއޯ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ބިލްބާއޯ އަތުން ބަލިވެ ރެއާލް ކެޓިއިރު، މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ މަހު ސައުދީ އަރަބިއްޔާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލް މެޗުގައެވެ. އެ މެޗުން ބިލްބާއޯ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ރެއާލެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ރެއާލުގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ ކުޅެފައެއް ނުވެއެވެ. އެއާއެކު މި މެޗުގައި ރެއާލުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް މި މެޗުގައި މާ ގިނަ ހަމަލާތަކެއްވެސް އުފެއްދިފައެއް ނުވެއެވެ. މި މެޗުގައި ބިލްބާއޯއިން ލީޑު ނަގާފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ރެއާލުގެ ކަސެމީރޯ ހެދި ގޯހެއްގެ ފައިދާ ނަަގައި، މިކޭލް ވެސްގާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލެކްސް ބެރެންގިއޭއެވެ.

މި ނަތީޖާއާއެކު ސްޕެނިޝް ކަޕުގެ ކުއާޓާގައި ބިލްބާއޯއިން ރެއާލް ކަޓުވާލިއިރު، މި މުބާރާތުގެ ގަދަ 16 ގައި އެ ޓީމުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކަޓުވާލާފައެވެ.

- ކޮމެންޓް