ކ. މާލެ
|
3 ފެބްރުއަރީ 2022 | ބުރާސްފަތި 23:28
ކޮވިޑަށް ޓެސްޓުކުރަނީ
ކޮވިޑަށް ޓެސްޓުކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
ޓެސްޓުކުރާ އަދަދު މަދުވެ، ޕޮޒިޓިވްވި މީހުންގެ އަދަދު ހާހަކަށް ތިރިވެއްޖެ
ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް 5657 ސާމްޕަލެއް ނަގާފައިވޭ
ކޮވިޑް-19ށް ޕޮޒިޓިވްވީ 1834 މީހުން
17،413 އެކްޓިވް ކޭސް ހިމެނޭ

ކޮވިޑް-19ށް އިތުރު 1834 މީހުން ޕޮޒިޓިވްވެ، ޖުމްލަ 145،036ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް 5657 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 2542 ސާމްޕަލެއް ނަގާފައިވަނީ މާލެ ސަރަހައްދުންނެވެ. މި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 1834 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 748 މީހުން، އަތޮޅުތެރެއިން 698 މީހުން އަދި ހިންގަމުންދާ ރިސޯޓުތަކުން 65 މީހުންނެވެ. މީގެ އިތުރުން ޕޮޒިޓިވްވި 323 މީހުން ޕޮޒިޓިވްވެފައިވަނީ ކޮން ސަރަހައްދަކުންކަން ދެނެގަނެވިފައި ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއާއެކު ކޮވިޑް-19ށް ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 145،036ށް އަރާފައެވެ. އަދި ބަލިން ރަނގަޅުވެފައިވަނީ 127،330 މީހުންނެވެ.

އެޗްޕީއޭއިން ބުނީ 17،413 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، 60 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަަމަށެވެ. އަދި މިހާތަނަށް މިބަލީގައި 280 މީހުން ވަނީ ނިޔާވެފައެވެ.

މިވަގުތު މާލެ ސަރަހައްދުގެ ޕޮޒިޓިވްޓިވިޓީ ރޭޓް ހުރީ 29 އިންސައްތާގައެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ފަސްވަނަ ރާޅާއެކު, ޖެނުއަރީ މަހުގެ ތެރޭގައި މާލެ ސަރަހައްދުން 1000ށް ވުރެ ގިނަ ކޭސް, އަދި މުޅި ރާއްޖެއިން ޖުމްލަ 2000ވުރެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެއަދަދު މިވަނީ ދަށަށް ގޮސްފައެވެ.

މީގެ އިތުރުން އަތޮޅުތެރެއިން ފެންނަ ކޭހުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިހާރު ވެސް ކޮވިޑް-19އާ ގުޅިގެން 35 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

- ކޮމެންޓް