ކ. މާލެ
|
3 ފެބްރުއަރީ 2022 | ބުރާސްފަތި 19:56
ބެއިޖިންގގައި ވިންޓަރ އޮލިމްޕިކްސް ބާއްވާ ސަރަހައްދުގައި ޕެރެމެޑިކްސް ހަރަކާތްތެރިވަނީ
ބެއިޖިންގގައި ވިންޓަރ އޮލިމްޕިކްސް ބާއްވާ ސަރަހައްދުގައި ޕެރެމެޑިކްސް ހަރަކާތްތެރިވަނީ
ރޮއިޓަރސް
ކޮވިޑް-19، ދުނިޔޭގެ ހާލަތު
އޮމިކްރޯންގެ ސަބް ވޭރިއަންޓް 57 ގައުމަކުން ފެނިއްޖެ - ޑަބްލިއުއެޗްއޯ
އޮރިޖިނަލް ވޭރިއަންޓާ ސަބް ވޭރިއަންޓާ ހުރި ތަފާތުތައް މިހާތަނަށް ހޯދިފައެއްނުވޭ

ކޮވިޑް-19 ފަތުރާ ވައިރަހުގެ އޮމިކްރޯން ވޭރިއަންޓްގެ ސަބް ވޭރިއަންޓް ދުނިޔޭގެ 57 ގައުމަކުން މިހާތަނަށް ފެނިފައިވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މީގެ 10 ހަފުތާ ކުރިން ދެކުނު އެފްރިކާއިން ފެނުނު އޮމިކްރޯން ވޭރިއަންޓަކީ މިހާރު ހުރިހާ ގައުމެއްގައިވެސް ޑޮމިނެންޓް ވޭރިއަންޓެއް ކަމަށެވެ. އަދި މި ވޭރިއަންޓް މިޔުޓޭޓްވެގެން ސަބް ވޭރިއެންޓްތައް ވެސް މިހާރު އުފެދިފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައި ވަނީ, ފާއިތުވި ޖެނުއަރީ މަހު ނެގި ސާމްޕަލްތަކުގެ ތެރެއިން 93 އިންސައްތަ ސާމްޕަލްގައި ހިމެނެނީ އޮމިކްރޯން ކަމަށެވެ. އޭގެ ތެރެއިން ސަބް ވޭރިއަންޓްތައްވެސް ހިމެނެއެވެ. އެއީ ބީއޭ1، ބީއޭ1.1، ބީއޭ2 އަދި ބީއޭ3 އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ އޮމިކްރޯންގެ އޮރިޖިނަލް ވޭރިއަންޓާ ސަބް ވޭރިއަންޓާ ހުރި ތަފާތުތައް މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ. އެހެންކަމުން ޑަބްލިއުއެޗްއޯއިން މިހާރުވެސް އެކަމާގުޅޭ ދިރާސާތައް ކުރަމުން އަންނަކަމަށް އެ އިދާރާއިން ބުނެއެވެ.

މިހާތަނަށް ހެދި ދިރާސާތަކުން ދައްކާ ގޮތުން ބީއޭ2 ސަބްވޭރިއަންޓަކީ އޮރިޖިނަލް އޮމިކްރޯން ވޭރިއަންޓަށްވުރެ ހަލުވިކޮށް ފެތުރޭ އެއްޗެކެވެ.

- ކޮމެންޓް