ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 23:18
ވެކްސިން ޖެހުމުގެ ތެރެއިން
ވެކްސިން ޖެހުމުގެ ތެރެއިން
ޓްރީ ޓޮޕް ހޮސްޕިޓަލް
ވެކްސިން ޖެހުން
ބުރާސްފަތި ދުވަހު ވެކްސިން ސެންޓަރުތައް ބަންދުވާނެ
އެޗްޕީއޭއިން ވަނީ ބުރާސްފަތި ދުވަހު މާލެ ސަރަހައްދުގެ ސެންޓަރުތަކުން ސާމްޕަލް ނަގާ ގަޑިތައް ހާމަކޮށްފައި

ބުރާސްފަތި ދުވަހު ވެކްސިން ސެންޓަރުތައް ބަންދުވާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަހަރަށް ހުޅުވާތީ އެދުވަސް ވަނީ ސަރުކާރު ބަންދުކޮށްފައެވެ. މީގެއިތުރުން އެޗްޕީއޭއިން ވަނީ ބުރާސްފަތި ދުވަހު މާލެ ސަރަހައްދުގައި ހުރި ސާމްޕަލް ނަގާ ސެންޓަރުތަކުގެ ގަޑިތައް ހާމަކޮށްފައެވެ. އެގޮތުން ސިނަމާލެ ބްރިޖް ކައިރީގައި ހުރި ޕާކިންގ ޒޯނުން, ބުރާސްފަތި ދުވަހު ހަވީރު 3ން އިރުއޮއްސި 6ށް ސާމްޕަލް ނަގައިދޭނެއެވެ. ހުޅުމާލެ ފޭސް 2ގައި ހުންނަ އެޗް 8 ޓަވަރުން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:45ން އިރުއޮއްސި 6:45ށް ސާމްޕަލް ނަގައިދޭނެއެވެ.

މާލެއިން ހެންވޭރު ފުޓް ބޯޅަ ދަނޑުން ސާމްޕަލް ނަގައިދޭނީ މެންދުރުފަހު 3:30ން 6:30ށެވެ. ވިލިމާލެ ފްލޫ ކްލިނިކުން ހަވީރު 4ން އިރުއޮއްސި 6:30ށް ސާމްޕަލް ނަގައިދޭނެއެވެ. ހުޅުމާލެ ރުއްގަނޑު ސަރަހައްދުން ސާމްޕަލް ނަގައިދޭނީ މެންދުރުފަހު 3:30ން އިރުއޮއްސި 6:30އަށެވެ.

އެފްއޭއެމް ބިލްޑިންގ ގައި ހުންނަ ޕޮޒިޓިވް ކްލިނިކްގެ ޚިދުމަތް މެންދުރުފަހު 3:00ން އިރުއޮއްސި 6ށް ދެމުންދާނެއެވެ.

އެޗްޕީއޭއިން ބުނީ މިއީ ހަމައެކަނި ފެބްރުއަރީ 3ގައި މިތަންތަނުން ޚިދުމަތްދެމުން ގެންދާނެ ގަޑިތައް ކަމަށެވެ.

- ކޮމެންޓް