ހެލްތް މިނިސްޓްރީންގެ ދަށުގައި ތިބި މުސާރަ ޖަމާނުވާ މުވައްޒަފުންނަށް ބުދަ ދުވަހުގެ ރޭ ނުވަތަ ބުރާސްފަތި ދުވަހު މުސާރަ ޖަމާވާނެ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީގެ ދަށުގައި ތިބި ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާނުވާ މައްސަލަ ވަނީ ފެންމަތިވެފައެވެ. މުސާރަަ ޖަމާނުވާ މުވައްޒަފުންގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި އައިޖީއެމްއެޗްގެ ބައެއް މުއައްޒަފުން ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް-19ށް ޕޮޒިޓިވްވެފައި ވާކަމަށާއި، އެމުވައްޒަފުންނާއި ޑައިރެކްޓް ކޮންޓެކްޓްވި ގިނަ މުވައްޒަފުން ކަރަންޓީންވެ ތިބެން ޖެހުމުން ސެލަރީ ޝީޓްތައް ނިންމަން ޖެހޭ ދުވަހަށް ނުނިމި ލަސްވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު ވަނީ ސެލަރީ ޝީޓްތައް ނިންމައި ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.