ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 06:15
މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތައް
މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތައް
ރޮއިޓަރސް
މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުން
ފާއިތުވި އެއް އަހަރުގެ ތެރޭ މިޔަންމާގައި 1500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
މިމުއްދަތުގެ ތެރޭގައި 11،787 މީހުން ޤާނޫނާއި ޚިލާފަށް ވަނީ ހައްޔަރުކޮށްފައި
މިހާރުވެސް ބަންދުކޮށްފައި ތިބި 8792 މީހުން ހިމެނޭ
އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ތިއްބާ ދިން ލާއިންސާނީ އަނިޔާތަކުގެ ސަބަބުން މަރުވި 200 މީހުންވެސް ހިމެނޭ

މިޔަންމާގެ ހިނގަމުންދާ އަހަރު ދުވަސްވީ ދިގު މުޒާހަރާތަކުގައި 1500 މީހުން މަރުވެފައިވާކަމަށް އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އޮފީހުން ބުނެފިއެވެ.

މިޔަންމާގައި އުފެދިފައި އޮތް ސަރުކާރު ވައްޓާލާ އެޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތް ގެނައިތާ ވަނީ އެއް އަހަރުވެފައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު މިޔަންމާގެ ސަރުކާރު ވަނީ ވައްޓާލާފައެވެ. އެކަމާއި ގުޅިގެން މިޔަމްމާގައި މިހާރު ވެރިކަން ކުރަމުން އަންނަ އަސްކަރިއްޔާ އަށް ދެކޮޅަށް އެޤައުމުގައި އަންނަނީ މުޒާހަރާކުރަމުންނެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އޮފީހުން ބުނާގޮތުގައި މިމުއްދަތުގެ ތެރޭގައި 11،787 މީހުން ގާނޫނާއި ޚިލާފަށް ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި މިހާރުވެސް ބަންދުކޮށްފައި ތިބި 8792 މީހުން ހިމެނޭކަމަށް އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ އޮފީހުގެ ސްޕޯކްސްޕާސަން ރަވިނާ ޝަމްދާސަނީ ވިދާޅުވިއެވެ.

ޝަމްދާސަނީ ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި ސުލްހަވެރިކަމާއެކު މުޒާހަރާކުރި މީހުންނާއި އޮންލައިންކޮށް ޚިޔާލުފާޅުކުރި މީހުންވެސް ހިމެނޭކަމަށެވެ. މުޒާހަރާތަކުގައި މަރުވެފައިވާ 1500 މީހުން ޑޮކިޔުމެންޓްކޮށްފައިވާ ކަމަށާއި އޭގެތެރޭގައި އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ތިއްބާ ދިން ލާއިންސާނީ އަނިޔާތަކުގެ ސަބަބުން މަރުވި 200 މީހުންވެސް ހިމެނޭކަމަށެވެ.

މި 1500 މީހުންގެ ތެރޭގައި އަސްކަރީ ހަމަނުޖެހުންތަކުގައި މަރުވެފައިވާ މީހުން ނުހިމެނޭކަމަށް ޝަމްދާސަނީ ވިދާޅުވިއެވެ. އެމީހުންގެ ނަންބަރުތައް ހިމަނައިގެން މަރުވި މީހުންގެ އަދަދު މިއަށްވުރެ މާމަތިވާނެކަމަށް ޝަމްދާސަނީ ވިދާޅުވިއެވެ.

- ކޮމެންޓް