ކ. މާލެ
|
2 ޖޫން 2017 | ހުކުރު 05:27
ޖަރުމަނު ވިލާތުގެ ޑީޑަބްލިޔު ނިއުސްގެ ޕްރޮގްރާމެއްގައި ރައީސް މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަނީ
ޖަރުމަނު ވިލާތުގެ ޑީޑަބްލިޔު ނިއުސްގެ ޕްރޮގްރާމެއްގައި ރައީސް މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަނީ
ޓްވިޓަރ
ރައީސް ނަޝީދު
ޑިކްޓޭޓާޝިޕަކާ އެކު ރާއްޖެ އަޑިއަށް ދިޔަކަ ނުދޭނަން: ރައީސް ނަޝީދު
ދީނީ ހަރުކަށި ވިސްނުން ރާއްޖޭގައި އޮތީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެ
މިވަގުތު އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލަން ޖެހޭ

ޑިކްޓޭޓާޝިޕަކާ އެކު ރާއްޖެ އަޑިއަށް ދިޔަ ނުދެއްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 

ޖަރުމަނު ވިލާތުގެ ޑީޑަބްލިޔު ނިއުސްގެ ޕްރޮގްރާމެއްގައި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖޭގައި ތިބި ވަރުގަދަ ސިޔާސީ ލީޑަރުން ވަނީ ޖަލަށްލާފައި ކަމަށެވެ. ސިޔާސީ ހަރަކާތް  ހިންގުން ހިފަހައްޓައި، ޕާޓީތަކުގެ މަސައްކަތް ހިންގަން ހުރަސް އަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައީސް ނަޝީދު ވިދާޅުވީ، ހަރުކަށި ޚިޔާލުގެ ސަލަފީ ގުރޫޕްތަކާއި ސަރުކާރުން ގުޅުން ބަދަހިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

 

ދީނީ  ހޭލުންތެރިކަން އިތުރުކުރަން ސަލަފުން ކުރިއަށް ގެންދާ ހަރަކާތްތަކާއި ބައެއް މިސްކިތްތަކުގައި ދޭ ދަރުސްތައް ލައިވްކުރުމުގެ އެއްބަސްވުމުގައި ހަމައެކަނި ޕީއެސްއެމްއާ އެކު ސަލަފުން އެއްބަސްވެފައި ވާތީ ރައީސް ނަޝީދު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި އެފުރުސަތު އެ މިންވަރަށް ހަނިވެގެން ނުވާނެއެވެ. ދީނީ އެންމެ ޖަމިއްޔާއަކަށްދީ އެ ފުރުސަތު  ހަނިކުރެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހައްދުފަހަނަ އަޅާފައިވާ ޚިޔާލު ގެންގުޅޭ މީހުންނަކީ ވަރަށް ނުރައްކާތެރި ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ރައީސް ނަޝީދު ވިދާޅުވީ، ދިނީ ހަރުކަށި ވިސްނުން ރާއްޖޭގައި އޮތީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށެވެ. އައިސިސްއާ އެކު ހަނގުރާމަކުރުމަށް ސީރިއާ އަށް މީހުން އާބާދީގެ ނިސްބަތުން އެންމެ ގިނައީ ރާއްޖޭގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

މިފަދަ އަމަލުތަކާ ހުރެ ރާއްޖޭގެ ތަސައްވުރު އެހެންގައުމުތަކުގެ ކުރިމަތީގައި ފަނޑުވެ، ޑިމޮކްރެސީއަށް ކުރަމުންދާ މަސައްކަތަށް ހިޔަނި އެޅޭ ކަަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައްޖޭގައި މިއަދު އަސާސީ އިންސާނީ ހައްގުތަށް ހަނިވެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތެމުންދާ ކަމަށާއި، މިކަންކަން އަނބުރާ އިއާދަކުރުމަށް ޖަލުގައި ހައްޔަރުކޮށްފައިވާ ސިޔާސީ އިސްވެރިން ދޫކޮށްލައި، ރާއްޖޭގެ ސިޔާސީ މަޝްރަހު ހަމައަކަށް އެޅެންދެން އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

އަނިޔާވެރިގޮތަކަށް މަރާލެވުނު ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ސަރުކާރުން ކުރިއަށް ނުގެންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ޔާމީންގެ މަރަށް ފަހު ވެސް ރާއްޖޭގައި ތިބި މިނިވަން ޚިޔާލުގެ ލިޔުންތެރިންނަށް ގޭންގްތައް މެދުވެރިކޮށް ބިރުދައްކައި، އަދި ފުލުހަށް ހާޒިރުވުމަށް އަންގަމުންދާކަމަށެވެ.

 

ރައީސް ނަޝީދު ވިދާޅުވީ، މިގައުމު ހަމައަކަށް އެޅުވުމަށްޓަކައި ވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެކަމަށެވެ.

 

ޚުދުމުޚްތާރުކަންމަތީ ރައީސް ޔާމީން ހިންގަވާކަންކަން ހުއްޓާލައްވާ ސިޔާސީ އިދިކޮޅު ލީޑަރުންނާއި މަޝްވަރާކުރެއްވުމަށްފަހު މިގައުމުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ޖާގަ ދެއްވުމަށް ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށް ވަނީ ގޮވާލައްވާފައެވެ.

 

- ކޮމެންޓް
2 ޖޫން 2017 | ހުކުރު 19:44
އައިޝާހރ
ތެދުފުޅެއް.. ދީނީ ވާހަކަތައް ދައްކަން ޖެހޭނީ ޕޯޕުންނާއި ދީން ނޭގޭ އަދި ޕްރެކްޓިސްވެސް ނުކުރާ މީހުން.. އެއްވެސް ހާލެއްގައި އިސްލާމްދީން ކިޔަވައިގެން ތިބެ އެއއަށް އަމަލު ކުރާ މީހުިންގެ ވާހަކަ ދެއްކިގެން ނުވާނެ... ވަރަށް ތެދުފުޅެއް... މުޅި ރައްޖެ އިސްލާންުރަން މިވެރިން މިއުޅެނީ މީ ކޮންފަދަ ބަލާވެރިކަނެއް ހެއްޔެވެ.. ސާބަހޭ ރައީސް ނަޝީދު... ހުއްޓުވާށޭ...