ކ. މާލެ
|
29 ޖެނުއަރީ 2022 | ހޮނިހިރު 18:49
އަގުތައް ކަނޑައަޅާފައި އޮތްނަަމަވެސް އެއަށް އަމަލެއް ނުކުރޭ
އަގުތައް ކަނޑައަޅާފައި އޮތްނަަމަވެސް އެއަށް އަމަލެއް ނުކުރޭ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ރިޕޯޓު ކުރިޔަސް ޝަކުވާ ހުށައެޅިޔަސް ކުރި ހޯދަނީ ޓެކްސީ ޑްރައިވަރުން
 
ޑްރައިވަރެއްގެ އެދުވަހުގެ ޓާގެޓް ހަމަކުރުމަށް ހިތަށް އެރި އަގެއް ނަގާ
 
ޓެކްސީތައް ގަވާއިދަކަށް ފައްތަން މަސައްކަތްކުރާ ކޮންމެ ފަހަރަކު އެމީހުން މުޒާހަރާ ކުރުމުން ސަރުކާރަށް ޖެހެނީ ހަތިޔާރު ބަހައްޓައި ފަހަތަށް ޖެހެން

މާލޭގެ މަގުމައްޗަށް ނުކުތުމުން މަދު ނުވާވަރަށް ޓެކްސީތައް ފެނެއެވެ. އެހެންނަމަވެސް ތަނަކަށް ދާން ޓެކްސީއެއް ހޯދުން ވަނީ ފަރުބަދައެއް ކެނޑުން ފަދަ ކަމަކަށެވެ. ޚާއްސަކޮށް މާލެތެރެއަށް ދަތުރެއް ކުރަން ޓެކްސީއެއް ހޯދުމެވެ. ޓެކްސީ ތަކާ ގުޅުން ހުރި އެތައް އެތައް މައްސަލައެއް އޮތް ނަމަވެސް އެކަމަށް ހައްލެއް ނެތެވެ. އެއަށްވުރެ ބޮޑަށް އެމީހުންގެ ބާރު ގަދައެވެ.

މާލެ ތެރެއަށް ދަތުރުކުރަން ޓެކްސީ ޑްރައިވަރުން ދެކޮޅު ހަދާ ކަމުގެ ޝަކުވާއާއެކު އެކަން ރިޕޯޓް ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އެންގިއެެވެ. އެހެންނަަމަވެސް އެހެން އެކަން ހައްލުވާނެ ބާވައެވެ. މިކަމުގައި ޓެކްސީ ޑްރައިވަރުން ދައްކަނީ އެމީހުން އަތުން ރޯޑްވާދިނެސް ފީ ނަގައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތް ކަމުގެ ވާހަކައެވެ. މުޅިން ދޮގުވާހަކައެއް ނޫނެވެ. މާލޭގެ އެތެރޭގެ މަގުތަކުގައި ދުއްވާފައި ދާއިރު ހަމަ ހީވާނީ ގަދަ ކަނޑެއްގައި އުޅެވޭހެންނެވެ. ފަސް މިނެޓުން ދެވޭ ތަނަކަށް ދާން 30 މިނެޓް ނަގާނެއެވެ. ޓްރެފިކް އޮންނަނީ އޮންނާނެ ގޮތަކަށެވެ. ބަލަހައްޓާނެ މީހެއް ނުހުރެއެވެ. ޓްރެފިކް ފުލުހުންވެސް މަގުގެ ވަކި ހިސާބުތަކެއްގައި ކޯން ނުވަތަ ބެރިކޭޑް ބެހެއްޓުމުން އެމީހުންގެ ޒިންމާ އަދާވީ ކަމަށް ބަލަނީއެވެ.

ޓެކްސީ ދަތުރުތަކުގެ އަގުވެސް އެއީ ނަމެއްގައި އޮންނަ އެއްޗެކެވެ. މާލެ- ހުޅުލެ އަދި ހުޅުމާލެ - ހުޅުލެ ދަތުރެއްގެ އަގަކީ -/60 ރުފިޔާއެވެ. މާލެ- ހުޅުމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގަކީ -/75 ރުފިޔާއެވެ. މާލެ- ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގަކީ -/90 ރުފިޔާއެވެ. ހުޅުމާލެ 2 ވަނަ ފިޔަވަހި - މާލެ ދަތުރެއްގެ އަގަކީވެސް -/90 ރުފިޔާއެވެ. ހުޅުމާލެ 2 ވަނަ ފިޔަވަހި - ހުޅުލެ ދަތުރެއްގެ އަގަކީ -/75 ރުފިޔާއެވެ. ހުޅުލެ- ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގަކީވެސް -/75 ރުފިޔާއެވެ. ހުޅުމާލެ ފިޔަވަހި 1- ހުޅުމާލެ ފިޔަވަހި 2 ގެ ދަތުރެއްގެ އަގަކީ -/40 ރުފިޔާއެވެ.

މިއީ މިނިސްޓްރީން ކަނޑައަޅާފައި އޮންނަ އަގުތަކެެވެ. އެހެންނަމަވެސް މި އަގުތަކަށް ޓެކްސީ ޑްރައިވަރުން އަޅައެއް ނުލައެވެ. އެ ޑްރައިވަރެއްގެ އެދުވަހުގެ ޓާގެޓް ހަމަކުރުމަށް ހިތަށް އެރި އަގެއް ނަގަނީއެވެ. އަމިއްލަ ތަޖުރިބާއިން ދެ ހާދިސާއެއް ހިއްސާ ކޮށްލާނަމެވެ. މާލެއިން ހުޅުމާލެ ދެވަނަ ފިޔަވައްސަން ދާން "އަަވަސް ރައިޑް" އެޕްލިކޭޝަން މެދުވެރިކޮށް ނެގި ޓެކްސީއެކެެވެ. ޓެކްސީއަށް އަރައި ދަތުރު ނިމެން ގާތްވުމުން ކިހާވަރެއްތޯ ދޭންވީ އަހާލީމެވެ. ޑްރައިވަރު ޖަވާބުގަބުގައި ބުނީ 130 ރުފިޔާ ދިނުމަށެވެ. ޔަގީންކޮށްލުމުގެ ގޮތުން ދެވަނަ ފަހަރަށްވެސް އަހާލުމުން ދިނީ އެ ޖަވާބެވެ.

ހަމައެދުވަހު ދެވަނަ ފިޔަވަހިން މާލެ އައުމަށް ނެގި ޓެކްސީއަށް ދައްކަން ޖެހުނީ 90 ރުފިޔާއެވެ. އެހެންކަމުން އެ ޑްރައިވަަރަކު ހިތު ހުރި އަގެއް ކިޔަނީއެވެ. ދެވަނަ ހާދިސާއަކީ އެއަރޕޯޓުގެ ޓެކްސީ ކިއުއިން ނެގި ޓެކްސީއަކަށް އަރައި މާލެ އައުމަށްފަހު ކިހާވަރެއްތޯ އަހާލުމުން ޑްރައިވަރު އަގުކީ 75 ރުފިޔާއަށެވެ. އެއަރޕޯޓުން މާލެއަށް 60 ރުފިޔާ ނޫންތޯއޭ ބުނުމުން ޑްރައިވަރުގެ ޖަވާބަކަަށްވީ ޓެކްސީ ކިއުއިން ޓެކްސީ ނެގުމުން ދައްކަން ޖެހެނީ 75 ރުފިޔާ ކަމެވެ. މިއީ ކިހިނެއް ކަނޑައަޅާފައި އޮންނަ ކަމެއްކަން ހަމަ ވިސްނާ ވިސްނާ ނޭގުނެވެ. ސަރުކާރުން ކަނޑައަޅާފައި އޮންނަ އަގު އޮންނަނީ އޮންނާނެތާކުއެވެ. ޓެކްސީ ޑްރައިވަރުން ހަދަނީ ހަދާނެ އެއްޗެކެވެ. މިކަން އިސްލާހު ކުރެވޭ ތަނެއް ނާދެއެވެ.

ޓެކްސީތައް ގަވާއިދަކަށް ފައްތަން މަސައްކަތްކުރާ ކޮންމެ ފަހަރަކު އެމީހުން މުޒާހަރާ ކުރުމުން ސަރުކާރުން ހަތިޔާރު ބަހައްޓައި ފަހަތަށް ޖެހެއެވެ. މިއީ އެތައް އަހަރުތަކެއް ކުރިން ފެށިގެން ކަންކަން ވަމުން އަންނަ ގޮތެވެ. ޓެކްސީތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހާ ހަމައަށްވެސް ގެންދިޔައެވެ. އެކަމަކު ވީކަމެއް ނެތެވެ. ކޮންމެވެސް ހިސާބަކުން ކުރި ލިބެނީ ޓެކްސީ ޑްރައިވަރުންނަށެވެ. އާންމު ރައްޔިތުންނަށް ލިބެނީ ދެރައެވެ. މިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީއަށްވެސް ކުރެވޭ ކަމެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
33%
0%
0%
33%
0%
33%
ކޮމެންޓް
ގުޅުންހުރި
ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފްކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ
ކުލި ކޮންޓްރޯލްނުކޮށް، ޓެކްސީގެ އަގުތަކެއް ކަނޑައެޅޭނެކަމަށް ޤަބޫލުނުކުރަން: ޑްރައިވަރުން
އެއާޕޯޓް ޓެކްސީ ކިއޫގައި މައްސަލަ އުޅޭކަމަށް ދައްކައިގެން ސަރުކާރުން އުޅެނީ ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަންނަން: ޑްރައިވަރުން
މާލެ ސަރަހައްދުގައި ޓެކްސީ ކުރާ އައު އަގުތައް ސަރުކާރުން ކަނޑައަޅައިފި
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން: މިނިސްޓަރަށް ދަންނަވައިގެންވެސް ހައްލެއްނުވި، ވިދާޅުވަނީ މާދަމާ ވާނެކަމަށް!
ކުރިއަށްވުރެ ބޮޑު އަގުގައި ޑޮމެއިން ވިއްކުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުވަނީ
އާއްމުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އަގުތައް ފެންނާނެހެން ބޯޑުތައް ހަރުކޮށް، އެއާޕޯޓުގެ ޓެކްސީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި
ވޯޓުލުން ކުރިއަށްދާއިރު ބަރު އުޅަނދު ދުއްވުން މަނާކޮށްފި