ކ. މާލެ
|
27 ޖެނުއަރީ 2022 | ބުރާސްފަތި 07:19
ކޮވިޑް-19އާ ގުޅޭގޮތުން އެކިއެކި ދިރާސާތައް އަންނަނީ ކުރެވެމުން
ކޮވިޑް-19އާ ގުޅޭގޮތުން އެކިއެކި ދިރާސާތައް އަންނަނީ ކުރެވެމުން
ރޮއިޓަރސް
ކޮވިޑް-19 އާއި ގުޅޭގޮތުން ހަދަމުންދާ ދިރާސާ
ކޮވިޑަށް ގަސްތުގައި ހުށަހެޅުމަށް އިތުރު ވޮލަންޓިއަރުން ހޯދަނީ
މިއީ ކޮވިޑް-19އާ ގުޅިގެން މިގޮތަށް ކުރިޔަށްގެންދާ ފުރަތަމަ ދިރާސާ
މިއީ ކޮވިޑް-19އާ ގުޅިގެން އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި ކޮވިޑް-19އާ ދެކޮޅަށް ރަނގަޅު ވެކްސިނެއް އުފެއްދުމަށް ކުރިޔަށްގެންދާ މިފަދަ ފުރަތަމަ ޓްރެއަލް
މިދިރާސާގައި ބައިވެރިވާ މީހުންނަކީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ސިއްހަތު ރަނގަޅު މީހުންނަށް ވާންޖެހޭނެ

ގަސްތުގައި ކޮވިޑް-19ށް ހުށަހެޅިގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް ކުރިޔަށްގެންދާ މެޑިކަލް ޓްރެއަލްއަށް އިތުރު ވޮލަންޓިއަރުން ބޭނުންވާކަމަށް އެދިސާރާ ކުރިޔަށްގެންދާ އޮކްސްފޯރޑުން ބުނެފިއެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި ކޮވިޑް-19އާ ދެކޮޅަށް ރަނގަޅު ވެކްސިނެއް އުފެއްދުމަށް ހުއްދަ ދީގެން ކުރިޔަށްގެންދާ މިފަދަ ފުރަތަމަ ޓްރެއަލްއެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން މިފަދަ ދިރާސާއެއް ކުރިޔަށް ގެންދިޔުމަށް ހުއްދަދީފައިވަނީ މިދިޔަ އަހަރުއެވެ. އެއާއެކު އޮކްސްފޯރޑް ޔުނިވަރސިޓީން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު މިދިރާސާކުރިޔަށް ގެންދާކަން ހާމަކޮށްފައެވެ.

މިދިރާސާގައި ބައިވެރިވާ މީހުންނަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ސިއްހަތު ރަނގަޅު މީހުންނަށް ވާންޖެހޭނެއެވެ. އަދި އެމީހުން 17 ދުވަސްވަންދެން ކަރަންޓީނުގައި ބައިތިއްބާއިރު އެމުއްދަތުގެ ތެރޭގައި އަލާމާތް ފެންނަ މީހުންނަށް އެންޓިބޮޑީ ދޭނެއެވެ.

މިދިރާސާގައި މިހާރުވެސް ކުރިޔަށްދަނީ ފޭސް އެކެކެވެ. ދިރާސާ ކުރިޔަށްގެންދާ ގޮތާއި ގުޅޭގޮތުން އޮކްސްފޯރޑުން ޔުނިވަރސިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފޭސް އެކެއްގައި ބަލާނީ އިންފެކްޝަނެއް އުފެދުމަށް ބޭނުންވަނީ ކިހާ މިންވަރެއްގެ ވައިރަސް އެއްތޯއެވެ. ދެވަނަ ފޭސްގައި ބަލާނީ އެވައިރަސްއަކުން ދިފާއުވުމަށް ނުވަތަ ގެއްލުންނުދޭ މިންވަރަކަށް ދިޔުމަށް އިންސާނާގެ ދިފާއީ ނިޒާމު މަސައްކަތްކުރާ މިންވަރާއި ގުޅޭގޮތުންނެވެ.

ދިރާސާގައި މިހާރު ވަނީ އެންމެ ކުޑަކޮށް ބަލީގެ އަސަރުކުރާ ގޮތް ދެނެގަތުމާއި ކައިރިއަށް ގޮސްފައެވެ.

އޭގެފަހުން ގުދުރަތީ ގޮތުން ވައިރަސް ޖެހިފައިވާ ނުވަތަ ވެކްސިން ޖަހާފައިވާ މީހުން ކޮވިޑަށް ހުށަހަޅާނެއެވެ. އެއަށްފަހު ވައިރަސްގެ އަސްލު ޖެހިފައިވާ މީހުންގެ ހަށިގަނޑުން ވައިރަސްއާ ދެކޮޅަށް އެންޓިބޮޑީސް ނުވަތަ ޓީސެލް އުފައްދައިދޭ މިންވަރާއި ބަލިން ރައްކާތެރިކޮށްދޭ މިންވަރު ދެނެގަންނާނެއެވެ.

މި ޓްރެއަލްއިން އެނގިގެންދާ ކަންކަމުގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ވެކްސިން އުފެއްދުމަށް އަވަސްވެ މިހާރަށްވުރެ ރަނގަޅު ވެކްސިން އުފެއްދުމަށް މަގުފަހިކޮށްދޭނެކަމަށް އޮކްސްފޯރޑުން ބުނެއެވެ.

ސައިންސްވެރިން ވަނީ މީގެކުރިންވެސް މިފަދަ ބަލިތަކުން އަރައިގަތުމަށް އިންސާނުން ބޭނުންކޮށްގެން ދިރާސާތައް ކުރިޔަށް ގެންގޮސްފައެވެ. ނަމަވެސް މިއީ ކޮވިޑް-19އާ ގުޅިގެން މިގޮތަށް ކުރިޔަށްގެންދާ ފުރަތަމަ ދިރާސާއެވެ.

- ކޮމެންޓް