ކ. މާލެ
|
25 ޖެނުއަރީ 2022 | އަންގާރަ 07:18
އިންޑިޔާގެ އަހުމަދުއާބާދުގެ ހޮސްޕިޓަލެއްގެ ބޭރުގައި މީހަކު ފަރުވާ ހޯދަނީ
އިންޑިޔާގެ އަހުމަދުއާބާދުގެ ހޮސްޕިޓަލެއްގެ ބޭރުގައި މީހަކު ފަރުވާ ހޯދަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
އޮމިކްރޯން ވޭރިއަންޓާއެކު އިންޑިޔާގެ ހާލަތު ކުރިޔަށް އޮތް ހަފްތާތަކުގައި ގޯސްވެދާނެ: މާހިރުން
ހެލްތު މިނިސްޓްރީން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭގައި 306،064 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް
ކޭސްތައް ފެންނަ މިންވަރު އަންނަނީ 8 އިންސައްތަ ދަށްވަމުން
މިހާރު ވޭރިއަންޓް ފެތުރެމުން އަންނަނީ ކުޑަކޮށް ތަރައްގީވެފައިވާ ތަންތަނުގައި

އޮމިކްރޯން ވޭރިއަންޓާ ގުޅިގެން އިންޑިޔާގައި ކުރިޔަށް އޮތް ހަފްތާތަކުގައި ކޮވިޑްގެ ނަންބަރުތައް މައްޗަށް އަރައިގެންދާނެކަމަށް އެޤައުމުގެ ބައެއް މާހިރުން ބުނެފިއެވެ.

ފާއިތުވި ދުވަސްތަކުގައި އިންޑިޔާގެ މައި ސިޓީތަކުގައި ކޭސްތައް ފެންނަ މިންވަރު ވަނީ މަދުވެފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކުރާ މިންވަރުވެސް ވަނީ މަދުވެފައެވެ.

އިންޑިޔާގެ ހެލްތު މިނިސްޓްރީން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭގައި 306،064 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެއީ އޭގެކުރީ ދުވަހާ އަޅާބަލާއިރު 8 އިންސައްތަ މަދު އަދަދެކެވެ. އަދި އެވްރެޖްގޮތެއްގައި ކޭސްތައް ދަށްވަމުން އަންނަނީވެސް 8 އިންސައްތައިގައެވެ.

ނަމަވެސް ފާއިތުވި ހަފްތާގައި ޕޮޒިޓިވިޓީ ރޭޓް ވަނީ 17.03 އިންސައްތައަށް މައްޗަށް ޖެހިލާފައެވެ.

އޮމިކްރޯންގެ ގިނަ ކޭސްތަކަކީ ބޮޑުވަރުވާ މިންވަރު ކުޑަ ކޭސްތަކެކެވެ.

އިންޑިޔާގެ ވެރިކަންކުރާ މައި ރަށް ނިއުދިއްލީ އާއި ވިޔަފާރީގެ މައި ހަބް މުމްބާއީގައި ފާއިތުވި ހަފްތާގައި ކޭސްތައް ފެންނަމިންވަރު ވަނީ ދަށްވެފައެވެ. މާހިރުން ލަފާކުރާ ގޮތުގައި މިހާރު ވޭރިއަންޓް ފެތުރެމުން އަންނަނީ ކުޑަކޮށް ތަރައްގީވެފައިވާ ތަންތަނާއި ފަގީރުތަންތަނުގައެވެ. އެހެންކަމުން އެތަންތަނުގައި ޕީކަށް ކުރިޔަށް އޮތް އަށް ހަފްތާ އާއި ދިހަ ހަފްތާ އާ ދެމެދު ދާނެކަމަށް މާހިރުން ލަފާކުރެއެވެ.

އިންޑިޔާގައި ކޮވިޑަށް ޕޮޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 39.54 މިލިއަނަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 489،848ށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް