Advertisement
ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 21:37
ހޯރަފުށީގައި ބޮޑުވި ފެންގަނޑު ހިއްކުމުގެ މަސައްކަތް ކުރަނީ
ހޯރަފުށީގައި ބޮޑުވި ފެންގަނޑު ހިއްކުމުގެ މަސައްކަތް ކުރަނީ
ޓްވިޓަރ
މޫސުމް
ވިއްސާރަވެ ގިނަ ރަށްތަކަކަށް ގެއްލުން ލިބިއްޖެ
ވިއްސާރާގައި މިހާތަނަށް 14 ރަށަކަށް ގެއްލުން ލިބިފައިވޭ
އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގައި ޑިޒާސްޓާގެ ޓީމްތައް ދަނީ ހަރަކާތްތެރިވަމުން
އެންމެ ބޮޑަށް ގެއްލުން ލިބުނީ ތިނަދޫ، ނިލަންދޫ އަށް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބުނު ކަމަށް މިހާތަނަށް އެނގިފައިވަނީ ގދ. ތިނަދޫ އާއި ފ. ނިލަންދޫ އަށެވެ.

ބުދަ ދުވަހުގެ ރޭ އިރާކޮޅު އެ ރަށަށް އެރި ކޮޅިގަނޑެއްގައި 15 ގެއެއްގެ ފުރާޅު އެއްލާލައި، ގަސްތަކާއި ރުއްތައް ވެއްޓި، އަދި ވެއްޓުނު ބައެއް ގަސްގަސް ފުރާޅު މައްޗަށް ވެއްޓި އިމާރާތްތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެ ރަށުން މައުލޫމާތު ދެ އެވެ.

ޑިޒާސްޓާ މެނޭޖްމެންޓް ސަންޓަރުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން އެކި ރަށްރަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އައްޑޫ ސިޓީ ހިތަދޫގެ އިތުރުން މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މިނިސްޓަރު ޝަރީފް ވެސް ވިދާޅުވި ގޮތުގައި ތިނަދު އާއި ނިލަންދު އަށެވެ.

މިނިސްޓަރު ވިދާޅުވީ މި ވަގުތު ޑިޒާސްޓާ އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދަނީ އައްޑޫ ސިޓީ ހިތަދޫ އާއި ގދ ތިނަދޫ އަދި ފ ނަލަންދޫ އަށް ކަމަށެވެ. އެހެން ރަށްތަކަށް ވެސް އެހީވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ ތިނަދުއަށާއި އަދި ނިލަންދޫ އަށް ލިބުނު ގެއްލުންތައް ބަލާ އެހީތެރިވުމަށްޓަކައި އެމްއެންޑީއެފް އަދި ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ ޓީމްތައް މިހާރު އެ ސަރަހައްދުތަކަށް ދަތުރު ކުރަމުންދާ ކަމަށެވެ. އަދި ލިބުނު ގެއްލުންތަކުގެ ފުރިހަމަ މައުލޫމާތު ވަރަށް އަވަހަށް އެއްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި ފާތުމަތު ތަސްނީމް ވިދާޅުވީ ވިއްސާރާގައި މިހާތަނަށް 14 ރަށަކަށް ގެއްލުން ލިބިފައިވާ ކަމަށާއި ނަމަވެސް މިހާރުން މިހާރަށް އެހީ ދޭން ޖެހޭ މިންވަރަށް ނުވަތަ އެންމެ ބޮޑަށް ގެއްލު ލިބިފައި ވަނީ ތިން ރަށަކަށް ކަމަށް ތަސްނީމް ވިދާޅުވިއެވެ.

ތަސްނީމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދޭ ކަމަށެވެ. އެހެން ކަަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް ތަސްނީމް ވިދާޅުވިއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި 45 މޭލާއި 55 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ތަސްނީމް ވިދާޅުވިއެވެ.

ވައިގަދަވުމުގެ ސަބަބަން ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ތަސްނީމް ވިދާޅުވީ ވައިގަދަވުމުގެ ސަބަބުން ލިބޭ އެންމެ ބޮޑު ގެއްލުމަކީ ގަސްތައް މުލުން ލުހި ވެއްޓުމާއި ގޭގޭގެ ފުރާޅުތައް އެއްލައިލުން ކަމަށެވެ.

މި ވިއްސާރައިގައި އުތުރުގެ އަތޮޅުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ހއ. އިހަވަންދު އާއި ހދ. ހަނިމާދު އާއި އުލިގަމުގެ އިތުރުން އުތުރުގެ ބައެއް އެހެން ރައްތަކަށް ވެސް ގެއްލުން ލިބުނެވެ. ހޯރަފުށީގައި ފެންވެސް ބޮޑުވި އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް