Advertisement
ކ. މާލެ
|
24 ޖެނުއަރީ 2022 | ހޯމަ 06:36
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް, ޔުމްނާ މައުމޫނު
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް, ޔުމްނާ މައުމޫނު
ރާއްޖެއެމްވީ
މިނިސްޓަރ ޔުމްނާ ކޮވިޑަށް ޕޮޒިޓިވްވުން
މިނިސްޓަރ ޔުމްނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕޮޒިޓިވްވެފައިވާތީ ގޭގައި އެކަހެރިވެފައިވާކަމަށް
ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހައިރިސްކު މީހުންނާ ހަމައަށް ވައިރަސް ދިޔަ ނުދިނުމަށް ކުރަންހުރި މަސައްކަތްތައް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް, ޔުމްނާ މައުމޫނު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާކަމަށާއި އެހެންކަމުން މިވަގުތު ގޭގައި އެކަހެރިވެފައިވާކަމަށެވެ. ހުންއައުމާއި ގައިގައި ރިއްސުމާއި ކަރުގެ ރިއްސުން ހުރިކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Advertisement

"އިންޝާﷲ އަދި ރަނގަޅުވާނެ. އެކަމަކު އާއިލާ އާއި މައިންބަފައިންނާމެދު ކަންބޮޑުވޭ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހައިރިސްކު މީހުންނާ ހަމައަށް ވައިރަސް ދިޔަ ނުދިނުމަށް ކުރަންހުރި މަސައްކަތްތައް ކުރަންޖެހޭ." މިނިސްޓަރގައި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޔުމްނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެފަހުން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔުމްނާގެ މަންމާފުޅު ނަސްރީނާ އިބްރާހީމް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިނިސްޓަރ ޔުމްނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ރައީސް ޞާލިހު އެކަން ހާމަ ކުރައްވާފައިވަނީ ހޮނިހިރު ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން ރައީސް ސޯލިޙު ވިދާޅުވީ، އެމަނިކުފާނު ޕޮޒިޓިވްކަން އެނގިވަޑައިގެންނެވީ އަތޮޅުތެރެއަށް ދަތުރު ކުރެއްވުމަށް ޕީސީއާރް ޓެސްޓް ހެއްދެވުމުން ކަމަށެވެ. އަދި މިހާރު ހުންނެވީ ގެކޮޅުގައި އެކަހެރިވެވަޑައިގެން ކަމަށްވެސް ރައީސް ސޯލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅު ކަމަށެވެ.

ދުވަސްތަކަކަށްފަހު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި ދެ ދުވަހު ދެހާހަށްވުރެ ގިނަ މީހުން ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވެގެން ވަނީ ރިޕޯޓްކޮށްފައެވެ. މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 14،636ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް