ކ. މާލެ
|
24 ޖެނުއަރީ 2022 | ހޯމަ 02:16
ޕްރެޒިޑެންޓްސް ކަޕުގައި ވެލެންސިއާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން އަބްދުﷲ ޔާމީން (ޔާނު)
ޕްރެޒިޑެންޓްސް ކަޕުގައި ވެލެންސިއާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން އަބްދުﷲ ޔާމީން (ޔާނު)
އިޔާން ފޮޓޯގްރަފީ
ޔާނު ވެލެންސިއާއަށް ބަދަލުވުން
ޒުވާން ތަރި ޔާނު ވެލެންސިއާއަށް
ޔާނު ގްރީނާ ގުޅުނީ އުމުރުން 17 އަހަރުގައި 2017 ވަނަ އަހަރު
ގްރީން ދޫކޮށްލީ އަލުން އެނބުރި އެ ޓީމާ ގުޅުމުގެ އުއްމީދުގައި

ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި ޒުވާން ފުޓްބޯޅަ ތަރި އަބްދުﷲ ޔާމީން (ޔާނު) ކުލަބު ވެލެންސިއާއަށް ބަދަލުވެއްޖެއެވެ.

ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ޔާނު ވެލެންސިއާ ގުޅުނުކަން އޭނާ ވަނީ "ރާއްޖެ.އެމްވީ" އަށް ކަށަވަރުކޮށްދީފައެވެ.

އުމުރުން 17 އަހަރުގައި 2017 ވަނަ އަހަރު ގްރީން ސްޓްރީޓްސްއަށް ގުޅުނު ޔާނު ވަނީ ގްރީންއާއެކު 2018 ވަނަ އަހަރު ބޭއްވި ޔޫތު ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ގްރީނުން މި ފަހުން ހޯދި ކުރިއެރުންތަކުގައި ޔާނު މުހިންމު ދައުރެއް އަދާކޮށްފައިވާއިރު، މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައިވެސް ޔާނު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ގްރީން ދޫކޮށްލިކަން ހާމަކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޔާނު ބުނީ ގްރީނުން އޭނާއަށް ކޮށްދިން ކަންތައްތައް އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށާއި، އަދި ކޮންމެވެސް އެއް ދުވަހަކުން އަލުން އެނބުރި ގްރީނާ އަލުން ގުޅުމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި ކުޅުންތެރިއެއްގެ ގޮތުގައި މިހާ ހިސާބަށް އާދެވުނީ ގްރީންގެ މުޅި ޓީމުން އޭނާއަށް ވެދިން އެހީގެ ސަބަބުން ކަމަށާއި، އެ ކަމަށް ޝުކުރުއަދާކުރާ ކަމަށްވެސް ޔާނު ބުންޏެވެ.

އުމުރުން 17 އަހަރުގައި ޔާނު ވަނީ ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެފައެވެ. އަދި އެކި ފަހަރު މަތިން މިހާރުވެސް ސީނިއާ ޓީމުން ޔާނުއަށް ފުރުސަތު ލިބޭއިރު، ޔާނު އަކީ ޒުވާން ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އަދި ޒުވާން ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެންވެސް ޔާނު މީގެ ކުރިން ވަނީ ގިނަ މެޗުތަކެއް ކުޅެފައެވެ.

- ކޮމެންޓް