ކ. މާލެ
|
23 ޖެނުއަރީ 2022 | އާދީއްތަ 22:41
އެމެރިކާ ސިފައިންގެ މަނަވަރެއް
އެމެރިކާ ސިފައިންގެ މަނަވަރެއް
ރޮއިޓަރސް
އެމެރިކާ - ޗައިނާ
އެމެރިކާ ސިފައިންގެ މަނަވަރެއް ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ވަނުމުން، ޗައިނާ ނުރުހިއްޖެ
ގަވާއިދާ ޚިލާފަށް ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ވަދެފައި ނުވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައި

އެމެރިކާ ސިފައިންގެ މަނަވަރެއް ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ވަން ކަމަށް ބުނެ ޗައިނާއިން ނުރުހުން ފާޅުކޮށްފިއެވެ.

ޗައިނާއިން ވަނީ އެމެރިކާ ސިފައިންގެ މަނަވަރެއް ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ވަން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި، އަދި އެކަން އެމެރިކާއިން ތަކުރާރު ކޮށްފިނަމަ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

މިކަމާގުޅިގެން އެމެރިކާއިން ބުނީ، އެ ގައުމުގެ ސިފައިންގެ މަނަވަރެއް ގަވާއިދާ ޚިލާފަށް އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ނުވާނެ ކަމަށާއި، އެހެންނަމަވެސް ދެކުނު ޗައިނާގެ ކަނޑުގެ ސަރަހައްދު ކައިރީގައި އެގައުމުގެ ސިފައިންގެ އުޅަނދުތަކުން (ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތްވާ ގޮތަށް) ތަމްރީންތަކެއް ހަދަމުންދާ ކަމަށެވެ.

ޗައިނާއިން ވަނީ އެމެރިކާ ސިފައިން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ހަދަމުންދާ ތަމްރީންތަކުގެ ސަބަބުން އެގައުމަށް އެކަމުގެ އަސަރު އެކި ގޮތްގޮތުން ކުރަމުން އަންނަ ކަމަށްވެސް ބުނެފައެވެ. އަދި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ތަމްރީން ހަދަމުންދާނަމަ ހަމަލާ ދިނުމަށް ފަސް ނުޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާއިން ބުނީ އެގައުމުން ކުރިޔަށް ގެންދާ ތަމްރީންތަކަކީ ޓައިވާނާ ގުޅިގެން ކުރިޔަށް ގެންދާ ތަމްރީންތަކެއް ކަމަށެވެ.

- ކޮމެންޓް