Advertisement
ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 19:29
އެމްއެންޑީއެފް ކޯސްޓްގާޑް
އެމްއެންޑީއެފް ކޯސްޓްގާޑް
ގޫގުލް
ދޯނި ދިޔަވުން
ރޯދި ދޯނީގެ ފަސް މީހުން ކަނޑުމަތިން ފެނިއްޖެ
މި ދޯންޏަށް އެހީތެރިވެދީފައިވަނީ "ފަޒާ" ނަމަކަށް ކިޔާ ދޯންޏަކުން

ރޯދި ދޯނީގެ ފަސް މީހުން ކަނޑުމަތިން ފެނިގެން ލޯންޗަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޯދި ދޯނި ކަނޑުވެގެން އުޅޭކަމުގެ މައުލޫމާތު ލިބިފައި ވަނީ ހެނދުނު 10:30 ހާ އިރު ކަމަށާއި  މި ދޯނި ފެނިފައިވަނީ ފިޔާޅޮއްސާއި ހަތަރު ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ދޯނީ މީހުން ފެނިފައި ވަނީ "ފަޒާ" ނަމަކަށް ކިޔާ ސްޕީޑް ލޯންޗަކަށް ކަމަށާއި  "ރޯދި" ދޯނީގެ ފަސް މީހުން ފެނުނު އިރު އެންމެން ވެސް ތިބީ ލައިފް ޖެކެޓް އަޅައިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

 

ރޯދި ދޯއްޏަކީ އދ. ދަންގެތީ، ލިލީގޭ، އިބްރާހިމް ހަސަންގެ ދޯންޏެވެ. އެދޯނީގެ ކެޕްޓަނަކީ ވެސް އޭނާއެވެ. އޭނާގެ އައިލާގެ މީހަކު މައުލޫމާތު ދިން ގޮތުގައި، އިބްރާހިމް ހަސަން އޭނާގެ އަނބިމީހަށް ގުޅުމަށް ފަހު ދޯނި ދިޔަވާކަމަށާއި ކަނޑުވަމުންދާކަމަށް ބުނެފައި ވަނީ، 10:00 ޖަހާ ކަން ހާއިރު އެވެ. އަދި މި މައުލޫމާތު ފުލުހުންނާއި އެމްއެންޑީއެފަށް ދީފައިވަނީ އޭނާގެ އައިލާގެ މީހުންނެވެ.

 

"އަކިރިސް" ނަމަކަށް ކިޔާ ބޯޓެއް މާލެއިން ފުރައިގެން ވ. ކެޔޮދޫއަށް ދަތުރުކުރަމުން ދަނިކޮށް ކ. ގުރައިދޫ ކައިރިއަށް ދިޔަވާން ފެށުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

 

މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގެ ގިނަ ނުރައްކާތެރި ހާދިސާތަކެއް ހިނގަމުންދާ ކަަން ފާޙަގަކޮށްލެވެއެވެ. މިދުވަސްވަރު ދަތުރު ކުރާ ފަރާތްތަކުން ކަނޑުމަތީގައި އުޅޭ އިރު ދަތުރުފަތުރު ކުރުމުގެ ގަވައިދުތަކަށް ފުރިހަމައަށް ބޯލެބުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ކުރިމަތިވަމުންދާ އިރު، މިދިޔަ އަންގާރަ ދުވަހު ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި އުޅަނދެއް ރީތިރަށް ރިސޯޓް ކައިރީ އޮތް އުޅަނދަކާ ޖެހިގެން ހިނގި  ހާދިސާގައި ގިނަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. އެގޮތުން މިހާރުވެސް އޭޑިކޭ ހޮސްޕިޓަލުގައި މި ހާދިސާގައި އަނިޔާވި، 11 މީހަކަށް ދަނީ ފަރުވާ ދެމުންނެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް