ކ. މާލެ
|
21 ޖެނުއަރީ 2022 | ހުކުރު 07:44
މާޅެންދޫގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
މާޅެންދޫގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
އެމްޑަބްލިޔުއެސްސީ
މާޅޭންދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުން
މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށް
މަޝްރޫއުއަކީ 42.9 މިލިއަން ރުފިޔާގެ މަޝްރޫޢެއް
މި މަޝްރޫއުގެ 86 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

ނ. މާޅެންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނި ގޮތުގައި މި މަޝްރޫއުގެ 86 އިންސައްތަ މަސައްކަތް ވަނީ ނިމިފައިއެވެ. އެގޮތުން މި މަޝްރޫއުގެ ފެނުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތާއި ބޯހޯލް ތޮރޮފުމުގެ މަސައްކަތަކާއި ފެން ރައްކާކުރާ ތާންގީ ބެހެއްޓުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި 8.72 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތަކާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑު ބައެއްވެސް ނިމިފަވާކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.

މީގެ އިތުރުން ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 7.6 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމާއި ސީ އައުޓްފޯލް ގާއިމުކުރުމާއި ޕަންޕިން ލައިން އެޅުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޑަބްލިޔުއެސްސީ އިން ބުނޭއެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތަކުގެ ބޮޑުބައެއް ނިމިފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު އެމްޑަބްލިޔުއެސްސީ އިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިއެވެ.

މި މަޝްރޫއަކީ 42.9 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

- ކޮމެންޓް