Advertisement
ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 16:09
މެޓް އޮފީހުން އާއްމުކޮށްފައިވާ ރާއްޖޭގެ މޫސުމް ހުރިގޮތުގެ ފޮޓޯއެއް
މެޓް އޮފީހުން އާއްމުކޮށްފައިވާ ރާއްޖޭގެ މޫސުމް ހުރިގޮތުގެ ފޮޓޯއެއް
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމް ގޯސް، ރާއްޖޭގެ އުތުރާއި މެދުތެރެއަށް ޔެލޯ އެލާޓް ނެރެފި
ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވޭ
އެލާޓް ނެރެފައިވަނީ މިއަދުގެ 09:50 އިންފެށިގެން 14:00އާ ހަމައަށް
ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމް ގޯސްވެ، ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވުމުގެ ސަބަބުން ޔެލޯ އެލާޓް ނެރެފި އެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް، މެޓް އޮފީހުން ބުނީ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 55 މޭލަށް ވއިގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ބުރާސްފަތި ދުވަހުގެ 09:50 އިން ފެށިގެން 14:00 އާހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި އެހެންހިސާބުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 55 މޭލު ދެމެދުގެބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި އެހެންހިސާބުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

 ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމްގެ މިވިއްސާރައިގައި އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ އިލްތިމާސްކޮށްފައެވެ. 

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް އެކިވަރުގެ ގެއްލުންތައް ދަނީ ވަމުންނެވެ. އަދި ކަނޑުމަތީގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް