ކ. މާލެ
|
18 ޖެނުއަރީ 2022 | އަންގާރަ 11:48
އިކޮނޮމިކް މިނިސްޓްރީގެ "1500 ހެލްޕް" ސަރވިސް ސެންޓަރ
އިކޮނޮމިކް މިނިސްޓްރީގެ "1500 ހެލްޕް" ސަރވިސް ސެންޓަރ
-
އިކޮނޮމިކް މިނިސްޓްރީގެ ޚިދުމަތް ފުޅާކުރުން
އިކޮނޮމިކް މިނިސްޓްރީގެ ސަރވިސް ސެންޓަރެއް ޤާއިމުކޮށްފި
 
ޚިދުމަތް ލިބެން ހުންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން ހަވީރު 05:00ށް
 
މި ސަރވިސް ސެންޓަރު ޤާއިމުކޮފައިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި، އެމްޓީސީސީގެ ހުޅުމާލެ ފެރީ ގިމަތަ އިމާރާތުގައި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ޚިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމަށް "1500 ހެލްޕް"ގެ ނަމުގައި ސަރވިސް ސެންޓަރެއް ޤާއިމުކޮށްފިއެވެ.

މިސަރވިސް ސެންޓަރު ޤާއިމުކޮފައިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި، އެމްޓީސީސީގެ ހުޅުމާލެ ފެރީ ގިމަތަ އިމާރާތުގައެވެ.

މި ސަރވިސް ސެންޓަރުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ ޚިދުމަތްތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީގެ ޚިދުމަތްތަކަށް އެދި އޮންލައިންކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަން ޕްރޮސެސް ކުރުމުގައި ދަތިކަމެއް ދިމާވެއްޖެ ހާލަތުގައި އެކަން ޗެކްކޮށްދިނުމާއި، ހައްލު ނުކުރެވި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި އެހީތެރިވުން ހިމެނެއެވެ. އަދި މިނިސްޓްރީގެ ޚިދުމަތްތަކަށް އެދި އޮންލައިންކޮށް ހުށަހެޅުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމާއި، އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ސެންޓަރުގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.

1500 ހެލްޕް ސަރވިސް ސެންޓަރުގެ ޚިދުމަތް ލިބެން ހުންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން ހަވީރު 05:00ށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް