ކ. މާލެ
|
18 ޖެނުއަރީ 2022 | އަންގާރަ 05:41
ިނިއުދިއްލީގައި ކުޑަކުއްޖަކު ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ
ިނިއުދިއްލީގައި ކުޑަކުއްޖަކު ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
އިންޑިޔާގެ މައި ސިޓީތަކުގައި ކޮވިޑް ކޭސްތައް ދަށަށް
ވެރިރަށް ނިއުދިއްލީ އާއި ވިޔަފާރީގެ މައި ހަބް މުމްބާއީގައި ކޭސްތަކުގެ އަދަދު ވަނީ ދަށަށްގޮސްފައި
މިމަސް ފެށުނު ފަހުން މުމްބާއީން ފެނުނު ކޭސްތަކުގެ އަދަދު 10،000 އިން ދަށުން ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފައިވަނީ އާދިއްތަ ދުވަހު
ނިއުދިއްލީން ފެންނަ ކޭސްތައް ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ޕޮޒިޓިވްވި 28،867 މީހުންގެ ފަހުން އަންނަނީ ދަށްވަމުން

އިންޑިޔާގެ މައި ސިޓީތަކުގައި ފާއިތުވި ދެ ދުވަހު ކޮވިޑް-19ގެ ކޭސްތައް ބޮޑުތަނުން ދަށަށްގޮސްފައިވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އެގޮތުން ވެރިރަށް ނިއުދިއްލީ އާއި ވިޔަފާރީގެ މައި ހަބް މުމްބާއީގައި ކޭސްތަކުގެ އަދަދު ދަށަށްގޮސްފައިވާކަމަށް އެގައުމުން ބުނެއެވެ. މިމަސް ފެށުނު ފަހުން މުމްބާއީން ފެނުނު ކޭސްތަކުގެ އަދަދު 10،000 އިން ދަށުން ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ. އާދިއްތަ ދުވަހު މުމްބާއީން ކޮވިޑަށް ޕޮޒިޓިވްވީ 7895 މީހުންނެވެ. އޭގެކުރިން ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު މުމްބާއީން ވަނީ 20،971 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ނިއުދިއްލީން ފެންނަ ކޭސްތައްވެސް ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ޕޮޒިޓިވްވި 28،867 މީހުންގެ ފަހުން އަންނަނީ ދަށްވަމުންނެވެ. އަދި ހޯމަ ދުވަހު ނިއުދިއްލީން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 15،000ން ދަށުގައި ހުންނާނެކަމަށް ވަނީ ބެލެވިފައެވެ.

ދެ ސިޓީންވެސް ބުނެފައިވަނީ ދެސިޓީގެ ހޮސްޕިޓަލްތަކުގެ އެނދުގެ 80 އިންސައްތަ ނުފުރޭކަމަށެވެ.

އެހެންނަމަވެސް ބައެއް މާހިރުން ބުނާގޮތުގައި އަލާމާތްތައް ނުފެންނަ ކޭސްތައް އިތުރުވުމުން މިއީ އަދި ޕީކު ކަމަށް ނިންމުން ދަތިކަމަށެވެ. އަދި ޕީކާ ހިސާބަށް ދާނީ އަންނަ ފެބްރުއަރީ މަހުގެ މެދު ތެރޭގައި ކަމަށްވެސް މާހިރުން ދެކެއެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު މަދުވުމަކީ ކުރީގެ ކޭސްތަކާއި ވެކްސިންގެ ސަބަބުން އިމިޔުނިޓީ ލިބިފައިވުމުގެ ސަބަބުންވާކަމެއްކަމަށް މާހިރުން ގަބޫލުކުރެއެވެ. އިންޑިޔައިން ވަނީ އާބާދީގެ 70 އިންސައްތަ މީހުންނަށް ދެ ޑޯޒް ދީފައެވެ. އަދި އަންނަ މަހު ސްކޫލްކުދިންނަށް ވެކްސިން ދިނުމަށް އިންޑިޔާއިން އަންނަނީ ތައްޔާރުވަމުންނެވެ.

އިންޑިޔާއަކީ އެމެރިކާ ނެގުމަށްފަހު އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އިންޑިޔާއިން ވަނީ 37.78 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް