Advertisement
ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 05:23
ފާރިސް މައުމޫން:ބޮޑުދައިތާފުޅު ގާތަށް ވަޑައިގަންނަވާކަށް ފުރުސަތެއް ނުލިބުނު
ފާރިސް މައުމޫން:ބޮޑުދައިތާފުޅު ގާތަށް ވަޑައިގަންނަވާކަށް ފުރުސަތެއް ނުލިބުނު
ޓްވިޓަރ
އެމްޑީޕީ
ފާރިސްއަށް ބޮޑުދައިތާފުޅާ ބައްދަލު ކުރިޔަ ނުދިނުން އެމްޑީޕީން ކުށްވެރިކޮށްފި
ފާރިސްއަށް ބޮޑުދައިތާފުޅާ ބައްދަލުކުރުން ދިވެހި ސަރުކާރުން ރަޙުމްކުޑަކޮށް ގަސްދުގައި ނަގާލާފައިވާކަމީ ސަރުކާރުން ލަދުގަންނަން ޖެހޭ ކަމެއް
މިކަމުންދައްކުވައިދެނީ މިއަދު ދިވެހި ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންގެ ކިބައިގައި އޯގާތެރިކަމާއި، އިޙްސާންތެރިކަމާއި ހަމްދަރުދީވުން ފަދަ އިސްލާމްދީނުގެ މަތިވެރި ސިފަތައް ނެތްކަން
ސަރުކާރުގައި ތިބީ ވެރިކަމާއި ސިޔާސީ ވާދަވެރިކަން އަނިޔާވެރިކަމަށް ބަދަލުވެ، ނަފްރަތާއި ރުޅިވެރިކަން އިސްކުރާ ނާތަހުޒީބު ބައެއް

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ބޮޑުދައިތާފުޅު ފަރީޝާ އިބްރާހީމްގެ ގާތައް ވަޑައިގެން ބައްދަލު ކުރެއްވުމުގެ ފުރުސަތު ނުދިނުމުން އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.

އެޕާޓީން އެކަން ކުށްވެރިކޮށްފައިވަނީ ފަރީޝާ އިބްރާހީމް އަވަހާރަވުމާއި ގުޅިގެން އެކަުމުގެ ފުން ހިތާމައިގާ ތައުޒިއާ ކިއުމުގެ ގޮތުން ބުދަދުވަހުގެރޭ ނެރުނު ބަޔާނެއްގައެވެ.

އެބަޔާނުގައި ބުނެފައިވަނީ ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހީމް އަވަހާރަވުމާ ގުޅިގެން އެކަމުގެ ފުން ހިތާމައިގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ބައިވެރިވާ ކަމަށެވެ. އަދި މި ހިތާމަވެރި ވަގުތުގައި އަލްމަރްހޫމާ ފަރީޝާ އިބްރާހީމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށާއި އެކަމަނާއަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި އާއިލާއަށާއި ގާތް ތިމާގެ މީހުންނަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރާ ކަމަށެވެ.

އެބަޔާނުގައި ބުނެފައިވާ ގޮތުގައި ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު މި ދުނިޔެ ދޫކުރެއްވިއިރު އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ، ފާރިސް މައުމޫނާ ބައްދަލުވެވަޑައިގަތުމުގެ ފުރުޞަތު ދިވެހި ސަރުކާރުން ރަޙުމްކުޑަކޮށް ގަސްދުގައި ނަގާލާފައިވާކަމީ ސަރުކާރުގެ މަޤާމުތައް ފުރުއްވަމުން ގެންދަވާ ހުރިހާ ފަރާތްތައް މިއަދު ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.  ތަކުރާރުކޮށް ސަރުކާރުގެ އިދާރާތަކުގައި ފާރިސް މައުމޫން އާދޭސް ދެންނެވުމުންވެސް ސިޔާސީ މަޤްޞަދެއްގައި މިފަދަ އަނިޔާއެއް ދިނުމަކީ ސަރުކާރުން ކުރި ދަށު ދަރަޖައިގެ ޢަމަލެއް ކަމަށާއި މިފަދަ ރަހުމްކުޑަ ލާއިންސާނީ އަނިޔާ ދިނުމަކީ އެއްވެސް ފަރާތަކުން އެއްވެސް މީހެއްގެ މައްޗަށް ހިންގައިގެންވާނޭ ޢަމަލެއް ނޫންކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެކަން އެ ޕާޓީން އެންމެ ހަރު އަޑުން ކުށްވެރިކުރާކަމަށްވެސް ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ މިފަދަ އަނިޔާވެރި ނާތަހުޒީބު ޢަމަލުތަކުން ދައްކުވައިދެނީ މިއަދު ދިވެހި ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންގެ ކިބައިގައި އޯގާތެރިކަމާއި، އިޙްސާންތެރިކަމާއި ހަމްދަރުދީވުން ފަދަ އިސްލާމްދީނުގެ މަތިވެރި ސިފަތައް ނެތްކަން ކަމަށެވެ. އަދި ވެރިކަމާއި ސިޔާސީ ވާދަވެރިކަން އަނިޔާވެރިކަމަށް ބަދަލުވެ، ނަފްރަތާއި ރުޅިވެރިކަން އިސްކުރާ ނާތަހުޒީބު ބައެއްކަމަށެވެ.

ފާރިސް ވަނީ އެކިފަހަރު މަތިން އެބޭފުޅާގެ ބޮޑުދައިތާފުޅު އާލާސްކަންފުޅާ އުޅުއްވިއިރު ބައްދަލުކުރެއްވުމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ފިއްލަވާފާނެކަމަށްޓަކައި ކަމަށެވެ. އެކަމާގުޅިގެން ފާރިސް ވިދާޅުވެފައިވަނީ އަމިއްލަފުޅު ޚަރަދުގައި ފާރިސްއާއެކު ފުލުހުން ގެންދެވުމަށްވެސް ތައްޔާރަށް ހުންނެވިކަމަށެވެ. ނަމަވެސް އެފުރުސަތު ސަރުކާރުން ދީފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
1 ޖޫން 2017 | ބުރާސްފަތި 04:33
shareef
yaameenge ladhu kobaa