ކ. މާލެ
|
16 ޖެނުއަރީ 2022 | އާދީއްތަ 10:48
ޔުވެންޓަސް އާއި އުދިނޭޒީ ބައްދަލުކުރި މެޗުގެ ތެރެއިން
ޔުވެންޓަސް އާއި އުދިނޭޒީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
އުދިނޭޒީ އަތުން ޔުވެންޓަސްއަށް މުހިންމު މޮޅެއް
ޔުވެންޓަސް އޮތީ ތާވަލުގެ ފަސްވަނައިގައި 41 ޕޮއިންޓާއެކު
އުދިނޭޒީ އަތުން ޔުވެންޓަސް މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އުދިނޭޒީ އަތުން ޔުވެންޓަސް މުހިންމު މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ޔުވެންޓަސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މޮއިސް ކީންގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޕައުލޯ ޑިބާލާއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

އެކަމަކު މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔުވެންޓަސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުގެ ޑިބާލާއަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. މި މެޗުގައި ޔުވެންޓަސްއިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މަޓިއާ ޑި ޝިލިއޯ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެސްޓަން މެކެނީއެވެ.

މި މޮޅާއެކު ޔުވެންޓަސް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު 22 މެޗުން ލިބުނު 41 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް އެޓަލާންޓާއަށްވެސް 41 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން މިހާތަނަށް ކުޅެފައިވަނީ 20 މެޗެވެ. އަދި ޔުވެންޓަސް އަތުން ބަލިވި އުދިނޭޒީ އޮތީ ތާވަލުގެ 14 ވަނައިގައި 20 މެޗުން 20 ޕޮއިންޓާއެކުއެވެ.

- ކޮމެންޓް