ކ. މާލެ
|
16 ޖެނުއަރީ 2022 | އާދީއްތަ 08:24
އިންޑިޔާގައި ސިއްހީ މަސައްކަތްތެރިން ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ
އިންޑިޔާގައި ސިއްހީ މަސައްކަތްތެރިން ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
ކޮވިޑާ ގުޅިގެން އިންޑިޔާގެ ފަސް ސްޓޭޓެއްގައި ކެމްޕެއިން ރެލީތައް ބޭއްވުން މަނާވެފައި އޮތްއޮތުން ދިގު ދަންމާލައިފި
އިންޑިޔާގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި 268،833 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވޭ
އެތެރޭގައި 300ށް ވުރެ މަދުން މީހުން ބައިވެރިކޮށް އިވެންޓްތައް ބޭއްވޭނެ
ޖެނުއަރީ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ފަސް ސްޓޭޓެއްގައި ބޭރުތެރޭގައި ސިޔާސީ ހަރަކާތްތައް ބޭއްވުން މަނާ

އިންޑިޔާގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދިޔުމާއެކު ކުރިޔަށް އޮތް އިންތިޚާބާ ދިމާކޮށް ފަސް ސްޓޭޓެއްގައި ކެމްޕެއިނުކުރުމުގެ ގޮތުން ރެލީތަކާއި ރޯޑްޝޯވތައް ބޭއްވުން މަނާކޮށްފައި އޮތްއޮތުން އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ދިގު ދަންމާލައިފިއެވެ.

ޖެނުއަރީ މަހުގެ 22 ވަނަ ދުވަހާ ހަމައަށް މިސްޓޭޓްތަކުގައި ބޭރުތެރޭގައި ގިނަ ބަޔަކު ބައިވެރިކޮށްގެން ބާއްވާ އިވެންޓްތައް މަނާވި ނަމަވެސް އެތެރޭގައި 300ށް ވުރެ މަދުން މީހުން ބައިވެރިކޮށް އިވެންޓްތައް ބޭއްވޭނެއެވެ. އަދި އެހަރަކާތެއް ބާއްވާ ތަނެއްގެ 50 އިންސައްތައަށް ވާވަރަށް މީހުން ބައިވެރިކޮށްގެންވެސް ސިޔާސީ ހަރަކާތްތައް ކުރިޔަށްގެންދެވޭނެކަމަށް އިންޑިޔާގެ އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކުރިޔަށް އޮތް މަސްތަކުގައި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އުއްތަރް ޕްރަދޭޝް އާއި ޕުންޖާބު އަދި އުއްތަރަކަންޑް އާއި ގޯއާގެ އިތުރުން މަނިޕޫރުގައެވެ.

އިންޑިޔާގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ވަނީ 268،833 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައެވެ. އޮމިކްރޯން ވޭރިއަންޓާއެކު އިންޑިޔާގައި ފާއިތުވި މަސް ދުވަސްތެރޭގައި ކޮވިޑްގެ ކޭސްތައް ވަނީ 30 ގުނަ މައްޗަށް ޖެހިލާފައެވެ.

މިދިޔަ އަހަރު އިންޑިޔާއަށް ކުރިމަތިވި ކޮވިޑްގެ ނުރައްކާތެރި ރާޅާއެކު އެގައުމުގެ ސަރުކާރަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް