ސިބްކޯގެ މައި ހޯލްސޭލް ފިހާރަ މަރާމާތަށްފަހު ބޮޑެތި ބަދަލުތަކާއެކު މިއަދު ހުޅުވައިފިއެވެ.
ސިބްކޯ އިން މައިގަނޑުގޮތެއްގައި ރާއްޖެ އެތެރެކޮށްވިއްކާ އޮތޮރައިޒްޑް ބްރޭންޑްތަކުގެ އިތުރަށް ބާޒާރުމަތިން ވިއްކާ އެހެނިހެން މުދާވެސް މިހާރު ލިބެން ހުންނާނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއްވިއެވެ. ސިބްކޯ ބާޒާރު އަލުން ހުޅުވުމަށްފަހު މީޑިއަށް މައުލޫމާތު ދެއްވަމުން ސިބްކޯގެ މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ، ހާނީ ނަޢީމް ވިދާޅުވިގޮތުގައި ފިހާރަ މަރާމާތަށްފަހު ހުޅުވީ ޖާގައިގެ ގޮތުން ތަނަވަސްކޮށް ކަސްޓަމަރުންނަށް ފިހާރައަށް އައިސް ލިބެންހުރި މުދާތައް ފަސޭހައިން ބެލޭނެ ގޮތަކަށް ކަމަށެވެ. އަދި ވޭތުވެދިޔަތަނުގައި ސިބްކޯ ބާޒާރު ފިހާރައިން ހޯލްސޭލްކޮށް ވިއްކަމުންދިޔައީ ހަމައެކަނި ސިބްކޯ އިން ރާއްޖެ އެތެރެކުރާ އޮތޮރައިޒްޑް ބްރޭންޑްތަކުގެ މުދާ ކަމުގައިވިޔަސް މިހާރު ބާޒާރުމަތިން ލިބެންހުންނަ އެހެނިހެން ބްރޭންޑްތަކުގެ މުދާވެސް ހޯލްސޭލްކޮށް ލިބޭނޭކަމަށް ހާނީ ވިދާޅުވިއެވެ.
ހާނީ އިތުރަށް ވިދާޅުވީ ވިދާޅުވީ ބޭނުންވަނީ ކަސްޓަމަރުންގެ ލިސްޓަށް މުދާ ހަމަކޮށްލެވޭނެ މޮޑެލްއަކަށްދާން ކަމަށެވެ. ކުރިއަށް އޮތްތަނުގައި ޚާއްޞަކޮށް ރަމަޟާން މަހުގެ ކުރިން ގިނަ ބާވަތްތަކުގެ މުދާ އެއް ފުރާޅެއްގެ ދަށުން ލިބޭނޭގޮތަށް ދުރާލައި މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދާކަމަށްވެސް ހާނީ ވިދާޅުވިއެވެ.
ސިބްކޯ ބާޒާރު ފިހާރަ ހުންނާނީ އެމްއެމްއޭ ކައިރިން ހުޅަނގަށް ދާއިރު ވާތްފަރާތުގައި ވިލާ ހެޑް އޮފީސް ކުރިމަތީގައެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:30ން ހަވީރު 06:00ށް ހުޅުވިފައި ހުންނާނެވެ. ފިހާރަ ނަންބަރު 3012950 ނުވަތަ ހޮޓްލައިން 7972950 އަށް ވައިބާ ކުރައްވާ އޯޑަރުކުރެއްވުމުން މާލެ، ހުޅުމާލެ އަދި ބޯޓުތަކަށް ހޯލްސޭލް އޯޑަރުގެ ޑެލިވަރީގެ ޚިދުމަތް ލިބޭނެކަމުގައި އެކުންފުނިން ބުނެއެވެ.