ކ. މާލެ
|
15 ޖެނުއަރީ 2022 | ހޮނިހިރު 06:21
އިންޑިޔާގެ ސަފީރާއި ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ބައްދަލު ކުރައްވަނީ
އިންޑިޔާގެ ސަފީރާއި ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ބައްދަލު ކުރައްވަނީ
ނިއުސް ވަޔަރ
އިންޑިޔާއިން ލަންކާއަށް އެހީވުން
އިންޑިޔާއިން ލަންކާއަށް 900 މިލިއަން ޑޮލަރު ދެނީ
400 މިލިއަނަކީ ކަރަންސީ ސްވޮޕްގެ ގޮތުގައި ދީފައިވާ ފައިސާ
ލަންކާއަށް އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ކާރިސާއިން އަރައިގަތުމަށް އިންޑިޔާއިން އަންނަނީ އެހީތެރިވަމުން

ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އިންޑިޔާއިން ލަންކާއަށް 900 މިލިއަން ޑޮލަރު ދީފިއެވެ.

ސްރީލަންކާގެ ނޫސްތަކުން ލަންކާގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނާ ހަވާލާދީ ބުނެފައިވަނީ މީގެތެރެއިން 400 މިލިއަނަކީ ކަރަންސީ ސްވޮޕްގެ ގޮތުގައި ދީފައިވާ ފައިސާ ކަމުގައެވެ. އަނެއް 500 މިލިއަން ޑޮލަރު ދެމުންގެންދާނީ އޭޝިއަން ކްލިއަރިން ޔޫނިއަން ސެޓްލްމެންޓް ފްރޭމްވޯރކްގެ ދަށުންނެވެ.

އިންޑިޔާގެ ހައިކޮމަޝަނަރ ވަނީ ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިޔާއިން ވަނީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ. އަދި ލަންކާގެ އިގްތިސާދު ބިނާކުރުމަށްވެސް އިންޑިޔާއިން އެހީތެރިވެދޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

އިންޑިޔާއަކީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އެހީތެރިކަމަށް އެދުނު ގައުމުތަކުގެ ތެރެއިން ގައުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް