ނިމިގެން ދިޔަ ލޯކަލް ކައުންިސލް އިންތިހާބްުގެ ހަރަކާތްތަކަށް އެމްޑީޕީން 2.3 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާ ކަމަށް އެޕާޓީީގެ އަހަރީ ހިސާބުން ދައްކައިފިއެވެ.
އެމްޑީޕީގެ އަހަރީ ހިސާބު އާންމުކޮށްފައި މިވަނީ ސިޔާސީ ޕާޓީ ތަކުގެ ޤާނޫގައި ބުނާ އުސޫލުގެ ދަށުންނެވެ. ކުރީ އަހަރުތަކޭކޭ އެއްފަދައިން 2016 ވަނަ އަހަރުވެސް އެމް.ޑީ.ޕީ ގެ އަހަރީ ހިސާބު އޮޑިޓްކޮށްފައިވަނީ ބައިނަލް އަޤްވާމީ އޮޑިޓް ފާރމް އެއްކަމަށްވާ އާންސްޓް އެންޑް ޔަންގް (އީ އެންޑް ވައި) އޮޑިޓް ފާރމް އިންނެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި2016 ވަނަ އަހަރު އެ ޕާޓީން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ފަސްކޮށް ދިގުދައްމަމުން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބްގެ ކެމްޕެއިނަށެވެ.
އެގޮތުން 2016 ވަނަ އަހަރު ނިމުނު އިރު 2.3 މިލިއަން ރުފިޔާ ކައުންސިލް އިންތިޚާބްއަށް ޚަރަދުކޮށްފައިވެއެވެ. ދެން އެންމެ ގިނަ ޚަރަދުހިނގާފައިވަނީ މުއައްޒަފުންގެ މުސާރަ އާއި އިމާރާތުގެ ކުއްޔަށެވެ. އެގޮތުން މުސާރައާއި އިމާރާތުގެ ކުލީގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މިދިޔަ އަހަރު އެމް.ޑީ.ޕީ އަށް ލިބިފައިވަނީ 10 މިލިއަން ރުފިޔާއެވެ. އެއީ ދައުލަތުން ސޔާސީ ޕާޓީ ތަކަށް ދޫކުރި ފައިސާއިން ލިބުނު 7.3 މިލިއަން ރުފިޔާ އާއި އެކި ގޮތްގޮތުން އެހީގެ ގޮތުގައި ޕާޓީގެ މެމްބަރުނާއި ހެޔޮއެދޭ ފަރާތްތަކުން ލިބުނު 2.7 މިލިއަން ރުފިޔާއެވެ. މި ރިޕޯޓް އިލެކްޝަން ކޮމިޝަނަށާއި އޮޑިޓް އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އަހަރީ ހިސާބުތައް އޮޑިޓްކުރުމަށްފަހު އޮޓިޑަރު ދެއްވާފައިވާ ރައުޔުގައިވަނީ 2016 ވަނަ އަހަރު އެމް.ޑީ.ޕީ ގެ ހިސާބަތައް ބެލެހެއްޓުމުގައި ބައިނަލް އަޤްވާމީ އެކައުންޓިން މިންގަނޑުތައް ހިފަހައްޓާވާކަމަށާއި މި ހިސާބުތަކުން ޕާޓީގެ މާލީ ހާލަތު ރަނގަޅަށް ބުނެދޭ ކަމަށެވެ.