ކ. މާލެ
|
12 ޖެނުއަރީ 2022 | ބުދަ 19:02
ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތައް
ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތައް
ޓްވިޓަރ
ކޮތަރުތަކަށް ބައްޔެއް ޖެހުން
ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހިއްޖެ
ބައެއް ކޮތަރުތައް އެއްވެސް ވަރަކަށް އުދުހި ނުގަނެވޭ
އެ ބަލީގެ ސަބަބުން ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި ވަރަށް ގިނަ އުން ނަގާފައިވޭ
ކޮން ބައްޔެއްކަން ދެނެގަނެވިފައިނުވޭ

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހިއްޖެއެވެ.

ޒަމާނުއްސުރެ ޖުމްހޫރީ މައިދާނަށް ވަރަށް ގިނަ ކޮތަރު އެއްވެއެވެ. އެ ކޮތަރުތަކަށް ކާން ދިނުމަށް އެސަރަހައްދަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އާއްމުން ގޮސް އުޅެއެވެ. ނަމަވެސް މިފަހުން ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ވަނީ ޖެހިފައެވެ. މުޅި އެސަރަހައްދުގައި އުދުހޭ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހުމާއެކު، ކޮތަރުތަކުގެ ވަރު ދެރަވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ބައެއް ކޮތަރުތައް އެއްވެސް ވަރަކަށް އުދުހިއެއް ނުގަނެވެއެވެ.

ކޮތަރުތަކުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އެ ބަލީގެ ސަބަބުން ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި ވަރަށް ގިނަ އުން ނަގާފައިވެެއެވެ. އަދި ބައެއް ކޮތަރުތަކުގެ ލޯ ކައިރީގައި ބޮޑެތި އުންތަކެއް ނަގާފައި ހުރުމުން އެ އެއްޗެހީ ލޯ ވެސް ވަނީ ފޮރުވިފަ އެވެ. އެއީ ކޮން ބައްޔެއްކަން ދެނެގަނެވިފައިނުވި ނަމަވެސް ބޮޑަށް ބެލެވެނީ "ޕިޖަން ޕޮކްސް" ނަމަކަށް ކިޔާ ބައްޔަކާ ކަމަށެވެ. މިބަލީގެ ނުރައްކަލެއް އިންސާނުންނަކަށް ނެތެވެ. ނަމަވެސް ދޫނިތަކުގެ ގައިންގަޔަށް ވަރަށް އަވަހަށް މިބަލި އަރައެވެ.

ދޫނިތަކަށް ޖެހޭ ބަލިތަކާ ގުޅޭ ކަންކަން ބަލަހައްޓަނީ ފިޝަރީޒް މިނިސްޓްރީންނެވެ. ނަމަވެސް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

- ކޮމެންޓް