Advertisement
ކ. މާލެ
|
12 ޖެނުއަރީ 2022 | ބުދަ 10:26
މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީން
މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީން
އެމްޓީސީސީ
މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުން
މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފި
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 6.17 މިލިއަން ރުފިޔާގެ މަޝްރޫއެއް

މ. މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ންނެވެ. މަަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 23 ޑިސެމްބަރ 2021 ވަނަ ދުވަހު އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 6.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

މި މަޝްރޫޢުގެ ދަށުން، 411.90 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖަހާފައިވެއެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 42 މަސައްކަތެއް ނިންމާފައެވެ. މިހާރުވެސް އުމްރާނީ ތަރައްގީގެ 60ށްވުރެ ގިނަ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ބޮޑު އިންސައްތައެއް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް