ކ. މާލެ
|
11 ޖެނުއަރީ 2022 | އަންގާރަ 13:20
ޔުނައިޓެޑާއި ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން
ޔުނައިޓެޑާއި ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި އެފްއޭ ކަޕް
އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ނުކުންނާނީ މިޑްލްސްބަރާއާ ދެކޮޅަށް
އެސްޓަން ވިލާ އަތުން ޔުނައިޓެޑް މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން އެސްޓަން ވިލާ ބަލިކޮށް މުބާރާތުގެ ހަތަރުވަނަ ބުރަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ޔުނައިޓެޑް ނުކުތީ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އާއި އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ މެޗު ފެށިގެން އަށްވަނަ މިނެޓުގައެވެ. ފްރެންޑް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްކޮޓް މެކްޓޮމިނޭއެވެ.

އޭގެ ފަހުން ވިލާއިން މި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުގެ ޖޯން މެކްގިން އާއި އޮލީ ވަޓްކިންސްއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އޭގެ ތެރެއިން ފުރަތަމަ ހާފުގައި ވަޓްކިންސް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި ދެވަނަ ހާފުގައި ވިލާގެ ވަޓްކިންސް ލަނޑެއް ޖެހި ނަމަވެސް، އެ ޓީމުގެ ޖޭކަބް ރަމްސީ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި މޮޅާއެކު މި ސީޒަނުގެ އެފްއޭ ކަޕުގެ ހަތަރުވަނަ ބުރަށް ޔުނައިޓެޑް ދަތުރުކުރިއިރު، ހަތަރުވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ. ހަތަރުވަނަ ބުރުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް ނުކުންނާނީ މިޑްލްސްބަރާއާ ދެކޮޅަށެވެ.

- ކޮމެންޓް