ކ. މާލެ
|
11 ޖެނުއަރީ 2022 | އަންގާރަ 10:18
"ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަޝިޕް ޗެލެންޖު" ކާމިޔާބު ކުރި ޒުވާނުންނަށް އެވޯޑް ހަވާލުކުރުމަށް
"ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަޝިޕް ޗެލެންޖު" ކާމިޔާބު ކުރި ޒުވާނުންނަށް އެވޯޑް ހަވާލުކުރުމަށް
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ
ޕިޗް އަޕް ޔޫތު އޮންޓްޕްރިނިއާޝިޕް ޗެލެންޖް
ވިޔަފާރި ފެށުމަށް 46 ޒުވާނަކަށް ޖުމްލަ 12 މިލިއަން ރުފިޔާގެ ހިލޭ އެހީ
 
މި ޗެލެންޖުގައި ޖުމްލަ 192 ފަރާތަކުން ވަނީ ވިޔަފާރީގެ ޚިޔާލު ހުށަހަޅާފައި
 
18 އަހަރާއި 35 އަހަރާއި ދެމެދުގެ 46 ޒުވާނުން ޝާމިލްވާ 23 އައު ވިޔަފާރިއަކަށް ޖުމްލަ 12.4 މިލިއަން ރުފިޔާ ވަނީ އެވޯޑްކޮށްފައި

އައު ވިޔަފާރިތައް ފެށުމަށް 46 ޒުވާނަކަށް ޖުމްލަ 12.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

މި އެހީ ދޫކޮށްފައިވަނީ ވޯލްޑް ބޭންކުގެ އެހީގައި ހަޔަރ އެޑިއުކޭޝަން އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި "ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަޝިޕް ޗެލެންޖު" ކާމިޔާބުކުރި ފަރާތްތަކަށެވެ. އެގޮތުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ 46 ޒުވާނުން ޝާމިލްވާ 23 އައު ވިޔަފާރިއަކަށް ޖުމްލަ 12.4 މިލިއަން ރުފިޔާގެ އެހީގެ ގްރާންޓް ވަނީ މި ޗެލެންޖުގެ ތެރެއިން އެވޯޑްކޮށްފައެވެ.

"ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަރޝިޕް ޗެލެންޖް"އަކީ މީރީ ޕްރޮޖެކްޓުގެ ފަރާތުން ޒުވާނުންނަށް ޚާއްސަކޮށްގެން އުފެއްދުންތެރި ވިޔަފާރީގެ ޚިޔާލެއް ހުށަހަޅައި، އެ ޚިޔާލަށް ދިރުން ގެނެސްދީ، ކާމިޔާބު ވިޔަފާރިއެއް އުފެއްދުމަށް ހިންގާ ޗެލެންޖެކެވެ. މި ޗެލެންޖު ފަރުމާކޮށްފައިވަނީ އައު ވިޔަފާރިއެއް ތަރައްގީ ކުރާނެގޮތުގެ ޚިޔާލެއް ހުށަހަޅައިގެން، ފައިސާގެ އެހީއާއި، ތަމްރީނު އަދި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭގޮތަށެވެ.

މި ޗެލެންޖުގައި ޖުމްލަ 192 ފަރާތަކުން ވަނީ ވިޔަފާރީގެ ޚިޔާލު ހުށަހަޅާފައެވެ. އެ ހިޔާލުތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރި ޚިޔާލުތައް ހުށަހެޅި ޒުވާނުންނަށް ވިޔަފާރީގެ ދާއިރާއިން ތަމްރީނުދިނުމަށް ހަ ދުވަހުގެ ބޫޓް ކޭމްޕެއް ބޭއްވިއެވެ. އަދި ތަފްސީލީ ޕްރޮޕޯސަލްއެއް ހުށަހަޅަން ދިން ފުރުސަތުގައި 73 ޕްރޮޕޯސަލެއް ވަނީ ހުށަހަޅަފައެވެ. އޭގެ ތެރެއިން 50 މީހަކަށް ޕްރޮޕޯސަލް ޕިޗްކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

ބައިންލައަގުވާމީ ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށް އެކުލަވާލި ޕެނަލަކުން ހޮވާފައިވާ މި ވިޔަފާރިތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ހަ ވިޔަފާރިއަކާއި، ފަތުރުވެރިކަމާއި ގުޅުންހުރި އުމްރާނީ މަސައްކަތުގެ ދާއިރާއިން އެއް ވިޔަފާރިއެއް ހިމެނެއެވެ. އަދި އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާއިން ފަސް ވިޔަފާރިއަކާއި، ދަނޑުވެރިކަމުގެ ދާއިރާއިން 11 ވިޔަފާރިއެއް ހިމެނެއެވެ.

މީރީ ޕްރޮޖެކްޓަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ބާރުވެރިކޮށް، ކާމިޔާބު ބަޔަކަށް ހެދުމަށް ވޯލްޑްބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ. ވޯލްޑް ބޭންކުގެ އެހީގައި ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔާ މި ޕްރޮޖެކްޓަށް 20 މިލިއަން ޑޮލަރުގެ އެހީ ވޯލްޑް ބޭންކުން ފޯރުކޮށްދީފައިވެއެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް ޚާއްސަ އަހަމިއްޔަތުކަމެއްދީގެން ޓެކްނިކަލް އަދި ވޮކޭޝަނަލް ސްކިލްސް ފުޅާކޮށް، ވިޔަފާރިއާއި ވިޔަފާރިވެރިކަމުގެ ހުނަރުތައް ތަރައްގީކޮށް ޒުވާނުންނަށް ވިޔަފާރިއާއި އާމްދަނީގެ މަގުތައް އަލިކޮށްދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
33%
0%
0%
67%
0%
0%
ކޮމެންޓް