ކ. މާލެ
|
10 ޖެނުއަރީ 2022 | ހޯމަ 22:47
ކޮވިޑް-19 ވެކްސިން ޖެހުން
ކޮވިޑް-19 ވެކްސިން ޖެހުން
ރައީސް އޮފީސް
ކޮވިޑް-19 ވެކްސިން
އިތުރު 288 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި
ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 396،981ށް އަރާފައި
ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 368،238ށް އަރާފައި
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 27،762ށް އަރާފައި

އިތުރު 288 މީހުން ކޮވިޑް-19 ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 140 މީހުންނެވެ. އަދި އަތޮޅުތަކުން 148 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 27،762ށް އަރާފައެވެ.

ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް 28 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 26 މީހުންނާއި އަތޮޅުތަކުން 2 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 396،981ށް އަރާފައެވެ.

އާދިއްތަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް 86 މީހުން ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 72 މީހުންނާއި އަތޮޅުތަކުން 14 މީހުންނެވެ. މިއާއެކު ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 368،238ށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ވަކި ކެޓެގަރީތަކަކަށެވެ. އާންމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ޖަހަން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވާއިރު، ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހަން ފެށުމަށް ފައިޒަރ ވެކްސިންގެ 100،620 ޑޯޒުގެ ޝިޕްމެންޓެއް މިހާރު ވަނީ ރާއްޖެއަށް ލިބިފައެވެ.

އެހެންނަމަވެސް، ވެކްސިން ޖަހަން ނުފެށި ލަސްވަނީ ބޭނުންވާ ސިރިންޖު ނުލިބޭތީ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ. އޭރު އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖްގެ ގްލޯބަލް ސްޓޯރޭޖް ޝޯޓޭޖެއް އުޅޭތީ، ވެކްސިނާއެކު ލިބެންޖެހޭ ސިރިންޖް ޝިޕްމެންޓް ލިބުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބުދެމުން އެޗްޕީއޭއިން ބުނީ މި ހަފްތާ ތެރޭގައި ސިރިންޖް ޝިޕްމެންޓް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ޝިޕްމެންޓް ލިބުމުން ބޫސްޓަރ ޑޯޒް ޖަހަން ފަށާނެ ތާރީޚެއް އިއުލާނުކުރާނެ ކަމަށެވެ.

- ކޮމެންޓް