Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
8 ޖެނުއަރީ 2022 | ހޮނިހިރު 19:30
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ފޭސްބުކް
ކުޅުދުއްފުށި ސިޓީގެ ކޮވިޑް އަޕްޑޭޓް
ކުޅުދުއްފުށީ ސިޓީގައި ޕޮޒިޓިވް ކޭހުގެ އަދަދުތައް މަތިވަނީ
އެ ސިޓީގެ މިވަގުތު އެކްޓިވް ކޭހުގެ އަދަދަކީ 48
މިއަދު އެކަނިވެސް 14 މީހުންވަނީ ޕޮޒިޓިވްވެފައި

ކުޅުދުއްފުށި ސިޓީގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ރީޖަނަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީން ހޮނިހިރު ދުވަހު އިތުރު 14 މީހަކު ވަނީ ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ.

ހޮނިހިރު ދުވަހު ޕޮޒިޓިވްވެފައިވަނީ ކޮންޓެކްޓް ޓްރޭސިންގެތެރެއިން ފާހަގަކުރެވުނު 12 ސާމްޕަލަކާއި، ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ހުކުުދުވަހު ދެއްކި 18 އަހަރުގެ މީހަކާއި 58 އަހަރުގެ މީހެއް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

Advertisement

ހުކުރުދުވަހުވެސް 17 މީހަކު ކުޅުދުއްފުށީ ސިޓީން ވަނީ ކޯވިޑްއަށް ޕޮޒިޓިވްވެފައެވެ. އެގޮތުން މިވަގުތު އެ ސިޓީގައި މިހާރު ހުރި އެކްޓިވް ކޭހުގެ އަދަދަކީ 48އެވެ.

ކުޅުދުއްފުށިން ކޯވިޑް ކޭހެއް ނުފެނި ދުވަސްކޮޅެއް ދިއުމަށްފަހު އެންމެ ފުރަތަމަ ކޯވިޑް ކޭހެއް ފެނިފައިވަނީ މިދިއަ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށީ ސިޓީގެ އިތުރުން ހދ. އަތޮޅުގެ 6 ރަށަކުން ކޮވިޑްގެ އެކްޓިކް ކޭސްތައްދަނީ ފެންނަމުންނެވެ. އެގޮތުން އެހެން ރަށްރަށުގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ކުރިނބީގައި 2، ނޮޅިވަރަމްފަރުގައި 11، ނައިވާދޫގައި 23، ވައިކަރަދޫގައި 6، ނޮޅިވަރަމްގައި 1، އަދި ނެއްލައިދޫގައި 2 ކޭސް ހިމެނޭ ކަމަށް ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް