ހ.އ ދިއްދޫ
|
8 ޖެނުއަރީ 2022 | ހޮނިހިރު 21:16
ދުވާފަރު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން
ދުވާފަރު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ދުވާފަރު މަގު ހެދުމުގެ މަޝްރޫއު
ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ސަބްބޭސް މަސައްކަތް ފަށައިފި
މި މަޝްރޫއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެއް
ސަބްބޭސް މަސައްކަތް ފަށާފައި ވަނީ ޖެނުއަރީ 4ވަނަ ދުވަހު

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ސަބްބޭސްގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ސަބްބޭސްގެ މަސައްކަތް ފަށާފަައިވަނީ ޖެނުއަރީ 4 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތުގެ ފަންސާސް އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި މި މަޝްރޫގެ ދަށުން، 17790 އަކަމީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 6923 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، 17790 އަކަމީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން މަގުމަތީގެ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

- ކޮމެންޓް